11 އެޕްރީލް 2017 - 17:16

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް ހަނީފު، އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ގއ. ވިލިނގިލި، ރޮޒިން ވިލާ، އިބްރާހިމް ހަނީފު، އެޑިއުކޭޝަންގެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.
ޝުޖާއު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކުރީ މިިދިޔަ ބުދަ ދުވަހު އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ވެސް ޖަހައިފަ އެވެ.