ދިރާގުން ރޯދަމަހު ކުރިއަށް ގެންދިޔަ 'ކާށްޓެއް
ބިނދެގެން ޗައިނާއަށް' ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ މުހައްމަދު ޒީހާން އަބްދުﷲ އެވެ.
އެއީ ރޯދަ މަހު ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާއަކާއެކު އަގުހުރި އިނާމުތައް
ފޯރުކޮށްދިނުމަށް ދިރާގުން ކުރިއަށް ގެންދިޔަ ޑިޖިޓަލް އެންގޭޖްމެންޓް ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަންގައި ދިރާގުއެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ކާށްޓެއް ބިނދެގެން
ކަސްޓަމަރުންނަށް ދުވާލަކު ދެ ޖީބީ ޑޭޓާ ހިލޭ ދިނެވެ. އެ ޕްރޮމޯޝަންގެ ބައިވެރިންގެ ތެރެއިން ޗައިނާ ދަތުރު ދީފައިވަނީ ރޯދަ
މަހުގެ ކޮންމެ ދުވަހަކު އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގި ގުރުއަތުންނެވެ.
އެ ޕްރޮމޯޝަނަކީ މިއަހަރުގެ ރޯދަމަހު ކުރިއަށް ގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ޕްރޮމޯޝަނެވެ.