ދިރާގުން ކުރިއަށް ގެންދިޔަ ފޯރިގަދަ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދެވަނަ
ނަސީބުވެރިޔާ އަންނަ ޖޫން މަހުގެ ތެރޭގައި ހޮވާނެ ކަމަށް ދިރާގުން ބުނެފި އެވެ.
މުޅި
ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ދެނީ 'އަލް ޝާލީ މެރިން ކެނެރީ 28' މޮޑެލްގެ ސްޕޯޓްސް
ސްޕީޑްބޯޓެކެވެ. އެ ސްޕީޑް ބޯޓަކީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނު އަޅާފައިވާ އުޅަނދެކެވެ.
މިއީ މަހަށް ދިއުމާއި އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އެއްޗެކެވެ.
ދެ ސްޕީޑް ބޯޓު ހުށަހަޅައި ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ސްޕީޑް ބޯޓުގެ ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ ސައީދު ކިޔާ މީހަކެވެ.
މި
ޕްރޮމޯޝަނަކީ ދިރާގުގެ ޕްރިޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް
ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ
ފުރުސަތެކެވެ. ފުރަތަމަ ބުރުގައި ބައިވެރިވި ފަރާތްތައް ވެސް ދެވަނަ
ގުރުއަތުލުމުގައި ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އެންމެ ފަހު ސްޕީޑްބޯޓު ހާސިލުކުރުމުގެ ފުރުސަތު
ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަކޮށް، ހިދުމަތްތައް
މެދުނުކެނޑި ބޭނުންކުރަން ދިރާގުން އިލްތިމާސްކުރެ އެވެ.
ދެވަނަ
ލޯންޗުގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުމުގެ އިތުރު ތަފްސީލުތައް
ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ދިރާގުން ބުންޏެވެ.
"ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަނަކީ ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަނެއްކަން ދިރާގުން ފާހަގަކުރެ އެވެ.