11 އެޕްރީލް 2017 - 16:31

ޗައިނާގެ ޗިގޯ އެއާ ކޮންޑިޝަން (އޭސީ)ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ސްޓެޓިކް ކުންފުނި ހަމަޖައްސައިފި އެވެ.
އެ ބްރޭންޑުގެ ހުރިހާ ވައްތަރެއްގެ އޭސީ އަތް ފޯރާ އަގެއްގައި ސްޓެޓިކްގެ ތިން ފިހާރައިންނާއި ރަށްރަށުގެ އޭޖެންޓް މެދުވެރިކޮށް ގަނެވޭނެ ކަމަށް ސްޓެޓިކްގެ މާކެޓިން މެނޭޖަރު އިބްރާހިމް އަލީ މިއަދު ވިދާޅުވި އެވެ.
ޗިގޯ އޭސީން 30 ސިކުންތުގެ ތެރޭގައި ފިނިކޮށްދޭނެ އެވެ. އަދި އޭގެ ކަރަންޓު ހަރަދު ވެސް ކުޑަވާނެ ކަމަށް ސްޓެޓިކުން ބުންޏެވެ.
އިންސްޓޯލްމަންޓް އުސޫލުން ވެސް އޭސީ ދޫކުރަން ހަމަޖައްސާފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
ސްޓެޓިކަކީ މެކޭނިކަލް އިންޖީނިއަރިންއާ ގުޅޭ ވިޔަފާރި ކުުރާތާ 25 އަހަރު ވެފައިވާ ކުންފުންޏެކެވެ. ރާއްޖެ އަށް އެންމެ ގިނައިން ފެން ޕަމްޕް އެތެރެކުރަނީ ވެސް ސްޓެޓިކް އިންނެވެ.