11 އެޕްރީލް 2017 - 14:37

ދިވެހިންގެ ސިއްހަތާއި އާބާދީއާ ގުޅޭ މައުލޫމާތު ހޯދުމަށް ގައުމީ ފެންވަރުގެ ސާވޭއެއް މިއަދު ފަށައިފި އެވެ.
މުޅި ރާއްޖެ އަށް އަމާޒުކޮށްގެން މި އަހަރާއި އަންނަ އަހަރު ކުރިއަށް ގެންދާ މި ސާވޭ މިއަދު ފަށާފައިވަނީ މާލޭގެ ހެންވޭރުގެ ގެތަކުންނެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މި ސާވޭ ކުރިއަށް ގެންދިޔަ ނަމަވެސް، ސުވާލު ކުރާނީ ގުރުއަތުން ހޮވާ ގެތަކުގެ މީހުންނާ އެކަންޏެވެ. މި ސާވޭ ރަށްރަށުގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަދުވަހު އެވެ.
ހެލްތު މިނިސްޓްރިީން ބުނިގޮތުގައި ދިވެހިންގެ މައިގަނޑު ސިއްހީ ހާލަތު ސާވޭ އިން ދަނެގަނެވި، ކުރިމަގުގައި ސިއްހީ ކަންކަން ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތައް އެނގޭނެ އެވެ.
ސާވޭގައި މައުލޫމާތު ހޯދާނީ އެ ގެއެއްގައި ދިރިއުޅޭ އުމުރުން 15 އަހަރާއި 49 އަހަރުގެ މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިފަދަ އެންމެ ފުރަތަމަ ސާވޭއެއް ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ.