އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް
(ޖީއައިއޭ) ކަސްޓަމަރުންނަށް ހާއްސަކޮށްގެން "ސޭވް ވިތު އެމްއައިބީ 2026"ގެ
ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އެ ޕްރޮމޯޝަނަކީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ހުޅުވާ އާ ކަސްޓަމަރުންނަށް
ބޮޑެތި އިނާމުތަކާއެކު 8 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. އެގޮތުން އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ނަސީބުވެރިއަކު ހޮވައި، އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީއިން ބުންޏެވެ. އޭގެ އިތުރުން ޕްރޮމޯޝަނުގެ މުއްދަތުގައި ޖެނެރަލް
އިންވެސްޓްމަންޓް އެކައުންޓް ހުޅުވައިގެން އެއަށް ޖަމާކުރާ ފައިސާގެ ފައިދާއަށް ވަރަށް
ރަނގަޅު ކޮމްޕެޓިޓިވް މާކެޓް ރޭޓުތަކެއް ލިބޭނެ ކަމަށް އެމްއައިބީން
އަންދާޒާކުރެ އެވެ. ދިވެހި ރުފިޔާއިންނާއި އެމެރިކާ ޑޮލަރުން ވެސް ހުޅުވޭ ޖެނެރަލް
އިންވެސްޓްމަންޓް އެކައުންޓްތަކަކީ މަދުވެގެން އެއް
އަހަރުގެ ޓެނުއަ ޕީރިއަޑެއް ހިމެނޭ އެކައުންޓްތަކެކެވެ.
އެއީ މުސްތަގްބަލަށް ފައިސާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމްއައިބީއިން ސިފަކުރެ އެވެ. އެމްއައިބީގެ އެހެން ހިދުމަތްތަކެކޭ ވެސް އެއްގޮތަށް ޖެނެރަލް
އިންވެސްޓްމަންޓް އެކައުންޓަކީ ވެސް އެމްއައިބީއަށް ނުގޮސް ވަރަށް ފަސޭހައިން ޑިޖިޓަލްކޮށް
ހުޅުވާލެވޭ އެކައުންޓެކެވެ. އަދި، ގިނައިން ރައްކާކުރާ ފައިސާއަށް ލިބޭ ފައިދާ ވެސް
ބޮޑުވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީއިން ބުނީ ފަހަށް ފައިސާ ރައްކާކުރަން
ބޭނުންވާ ފަރާތްތަކުން ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވާލައިގެން އެ ފުރުސަތުގެ ބޭނުން އަވަހަށް ހިފުމަކީ އެންމެ ފައިދާ ހުރިގޮތް ކަމަށެވެ.
އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރައިގެންނެވެ.