ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އޫއޭއީގެ ކުރީގެ ސަފީރު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ.
އޭނާ އަށް އެ މަގާމު ދެއްވީ މިނިސްޓަރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ދެންމެ ބުންޏެވެ.