ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެއިން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރެޝަނެއްގައި ކަމަށެވެ.

ކޯޓުއަމުރެއްގެ ދަށުން މާލޭގެ ދެތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ޑްރަގް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަތުލައިގަތީ ކިހާ އަދަދެއްގެ ޑްރަގެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ:

  • ދ. މީދޫ / ހަނީސީޒަން ، މުހައްމަދު މާހިރު، 36

  • ސ. ހުޅުދޫ / ސޯސަން، އަލީ އީޝާދު، 32
  • މާލެ / ގ. ކަނދުމާގެއާގެ، އާހިލް އަލީ، 23
  • ގދ. ތިނަދޫ / ފައިވްރޯސް، ރިކްޒު އާދަމް، 23
  • ޅ. ހިންނަވަރު / ދުންތަރި، މުހައްމަދު ސުހާން އަހުމަދު، 39
  • ލ. ގަން / މުކުރިމަގު. މަތަރެސްމާގެ، އަބްދުލްމާޖިދު އިބްރާހީމް، 38

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ އީޝާދާއި މުހައްމަދު މާހިރު އާއި ޢަބްދުލްމާޖިދު އިބްރާހީމް އާއި މުހައްމަދު ސުހާން އަހުމަދު 15 ދުވަހަށް އަދި އާހިލް އަލީ 12 ދުވަހަށް އަދި ރިކްޒު އާދަމް ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.