ވ. ފުލިދޫގައި މިއަދު މޫދަށް އެރިއުޅެނިކޮށް އޮޔާދިޔަ ދެ ކުއްޖަކު ސަލާމަތްކުރަން އުޅުނު މީހެއްގެ ހާލު ދެރަވުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. 

ފުލުހުން ބުނި ގޮތުގައި ނިޔާވީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެ މީހާ ނިޔާވީ އޮޔާ ދިޔަ ކުދިން ސަލާމަތްކުރަން ކުރި މަސައްކަތުގައި ހާލު ދެރަވެގެން ފުލިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 3:10 ހާއިރު ކަމަށާއި މައްސަލަ އިތުރަށް ތަހުގީކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. 

މި ހާދިސާއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.