ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 3 އިން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށަން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަދު ބިން ތައް ހަވާލު ކުރަން ފަށާނެ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި، އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކަމުންދާ ހުޅުމާލެ 3 އަކުން 1،351 ގޯތި ދޭން ނިންމައިފަ އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދިޔަ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 2023ގަ އެވެ.

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ މީހުންނަށް ބިން ހަވާލުކުރުމަށް އެޗްޑީސީގެ މުވައްޒަފުން ތައްޔާރުވަނީ--- ފޮޓޯ: އެޗްޑީސީ

އެ މަސައްކަތް ނިންމާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ މަޝްރޫއަށް މަޑުޖެހުމެއް އައީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.