ސައިރިކްސްގައި ތިން މަހުގެ ކޯހެއް ފުރިހަމަކޮށް ޑިގްރީ އަށް
ސައިރިކްސްގައި ތިން މަހުގެ ކޯހެއް ފުރިހަމަކޮށް ޑިގްރީ އަށް

ތިން މަހުގެ ކޯހެއް ފުރިހަމަކޮށް ޑިގްރީ އަށް ކިޔެވޭނެ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް (ޔޫޕީޕީ) ފަށަން ސައިރިކްސް ކޮލެޖުން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެޕްރޫވް ކޮށްފައިވާ މި ޕްރޮގްރާމް ފަށަން ހަމަޖައްސާފައިވަނީ މި މަަހުގެ 23 ގަ އެވެ.

ސައިރިކްސް ކޮލެޖުން ބުނީ ޔޫޕީޕީގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމައި، އުމުރުން 20 އަހަރު ވެފައިވާ އަދި ވަޒީފާގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޒުވާނުންނަށް ކަމަށެވެ. މި ޕްރޮގްރާމުން ފާސްވާ ދަރިވަރުންނަށް، ސައިރިކްސް ކޮލެޖުން ހިންގާ ޑިގްރީގެ ކޯސްތަކަށް ވަދެވޭނެ އެވެ.

ޔޫޕީޕީގައި ބައިވެރިވާން އެދޭ ފޯމް ސައިރިކްސް ކޮލެޖުގެ ކެމްޕަސްތަކުން ލިބޭނެ އެވެ. އެ ޕްރޮގްރާމުގެ ފީ އަކީ 4500ރ. އެވެ. ތިން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ ކަމަށް ވެސް ސައިރިކްސް އިން ބުންޏެވެ.

ޔޫޕީޕީގެ އިތުރުން މި މަހުގެ 23 ވަނަ ދުވަހު ފަށަން ހަމަޖައްސާފައިވާ އަށް ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެ ކޯސްތަކުގެ ތެރޭގައި ހިއުމަން ރިސޯސް މެނޭޖްމަންޓާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ސެޓްފިކެޓް ލެެެވެލްގެ ކޯސްތައް ހިމެނެ އެެވެ.