ރާއްޖޭގެ
މަޝްހޫރު ޕިއްޒާ ބްރޭންޑް "ޖެލީ" ގެ ޖޫގޯ ޕޮއިންޓުގެ އާ ތަނެއް މަޖީދީ މަގުގައި އިއްޔެ ހުޅުވައިފި އެވެ.
މިއީ
އާޓިފިޝަލް ބީޗާއި ދިމާލުން، މަޖީދީ މަގުގައި ކުރިން ހިންގި ޖެލީ އައުޓްލެޓް
ބަންދުކޮށް، އެ ސަރަހައްދުގެ އެހެން އިމާރާތެއްގައި ހުޅުވި ޖޫގޯ ޕޮއިންޓް އެވެ.
މި
އައުޓްލެޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޖެލީ ހިންގާ ސްވެންސް ހޯލްޑިންގެ ވެރިޔާ އާދަމް ފިރުޝާންގެ މަންމަ އާއި
ބައްޕަ އެވެ.
ގިނަ ބައެއްގެ މެދުގައި މަގުބޫލު ޖެލީގެ އާ އައުޓްލެޓް މަޖީދީ މަގުން އާޓިފިޝަލް ބީޗު ކައިރީގައި އިއްޔެ ހަވީރު ހުޅުވި ވަގުތާ ދިމާކޮށް ބޮޑުބެރުގެ ކުޅިވަރުތަކާ އެކު، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް އޮތެވެ. ރޭ ވެސް އެފަދަ ބައެއް ހަރަކާތްތައް އެ ތަނުގައި ބޭއްވި އެވެ.
ޖެލީގެ އާ އައުޓްލެޓާ ގުޅޭ ގޮތުން ސްވެންސް ހޯލްޑިންގެ މެނޭޖަރު، ތާނިޝް އާދިލް
ވިދާޅުވީ، މަޖީދީ މަގުން އާޓިފިޝަލް ބީޗު ކައިރީގައި މިހާތަނަށް ހިންގި ޖެލީ، އެ ތަނާ ކައިރިން ޖާގަ ތަނަވަސް އެހެން އިމާރާތަކަށް ބަދަލުކުރީ، ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް
އިތުރަށް ފުޅާކޮށް، ފުރިހަމައަށް ހިދުމަތްތައް ދިނުމަށް ކަމަށެވެ.
އެގޮތުން އަލަށް
ހުޅުވި އައުޓްލެޓަކީ ޖާގަ ތަނަވަސް، ހިތްގައިމު ތަނެއް ކަމަށާއި އެ ތަނުން އާ
ބުއިންތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
މަޖީދީ މަގުން އާޓިފިޝަލް ބީޗު ކައިރީގައި ކުރިން ހިންގި ޖެލީ ރެސްޓޯރަންޓު، އެ ތަނާ ކައިރިން އާ އިމާރާތަކަށް ބަދަލުކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ހަފުލާގެ ތެރެއިން.
"ޖެލީ" އަކީ ޕިއްޒާ ބްރޭންޑެއްގެ ގޮތުގައި
މަޝްހޫރު ވެފައިވާ ބްރޭންޑަކަށް ވާއިރު، އަލަށް ހުޅުވި އައުޓްލެޓުގައި ލައިވް
ޕިއްޒާ ސްޓޭޝަނެއް ހުންނާނެ އެވެ. މި ތަނުން ކަސްޓަމަރުންގެ މެދުގައި މަގުބޫލު
ހުރިހާ ފްލޭވާތަކެއްގެ "ޖެލީ" ޕިއްޒާ ތާޒާކޮށް ލިބޭނެ އެވެ.
އޭގެ އިތުރުން އެ އިމާރާތުގައި ހުންނަ ޔައިފީ ސަޕްލައިގެ ފިހާރައިން
ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ޖޫގޯ ޕައުޑަރާއި ޖެލީ ފަދަ
ތަކެތި ވިއްކާނެ އެވެ. އެ އިމާރާތުގެ ފުރަތަމަ ބުރީގައި ސްވެންސް
ހޯލްޑިން އިން އަންނަނީ "ހާމަނީ ގާޑަން ރެސްޓޯރަންޓް" ގެ ނަމުގައި
އާ ރެސްޓޯރަންޓެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.
މަޖީދީ މަގުން އާޓިފިޝަލް ބީޗު ކައިރީގައި ކުރިން ހިންގި ޖެލީ ރެސްޓޯރަންޓު، އެ ތަނާ ކައިރިން އާ އިމާރާތަކަށް ބަދަލުކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ހަފުލާގައި އެކިއެކި ކާޓޫން ކެރެކްޓާތަކާ ކުޑަކުއްޖަކު ވާޙަކަ ދައްކަނީ.
"ޖެލީ" އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕިއްޒާގެ
އިތުރުން، އެކި ބުއިންތަކާއި ކާބޯތަކެތި ފޯރުކޮށްދިނުމުގައި 16 އަހަރު ދުވަހުގެ
ތަޖުރިބާ ހުރި ތަނެކެވެ.
ނޯޓު: މިއީ ޖެލީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.