ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި "ދިރާގު
އީދު ސައި" އަދި ދިރާގު "އީދު ހަދިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް
ލިބުނު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"ދިރާގު އީދު ސައި" ގެ ނަމުގައި ނާސްތާ ބޭއްވީ މާލޭގެ ކިންގް ސަލްމާން މިސްކިތް ސަރަހައްދު އަދި
ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ގިނަ އަދަދެއްގެ މީހުން ވަނީ މާލެ އާއި ހުޅުމާލެ އިން
މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

މިއަދު ފާހަގަކުރަމުން އަންނަނީ ކުޑައީދުގެ މުނާސަބަތުގައި ދިރާގުގެ މުވައްޒަފަކު ކުޑަކުއްޖަކަށް ހަދިޔާ ބަހަނީ.
އީދު ސައިގެ އިތުރުން، އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ދިރާގުން ވަނީ އީދު
ނަމާދަށް ފަހު، ކުޑަ ކުދިންނަށް އީދު ހަދިޔާ ބަހައިފަ އެވެ. މި ހަރަކާތް މާލެ އާއި ހުޅުމާލޭގެ
އިތުރުން ރާއްޖޭގެ ހަތް އަތޮޅެއްގައި ދިރާގުން ކުރިއަށް ގެންދިޔަ އެވެ އެވެ.
އެއީ، ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، އދ. ދަނގެތި، ލ. ގަން، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ އެވެ.

މިއަދު ފާހަގަކުރަމުން އަންނަނީ ކުޑައީދުގެ މުނާސަބަތުގައި ދިރާގުގެ މުވައްޒަފަކު ކުޑަކުއްޖަކަށް ހަދިޔާ ބަހަނީ.
ދިރާގުން އަންނަނީ ތަފާތު ގިނަ އިޖިތިމާއީ ހަރަކާތްތައް އާންމުންނާ ހަމައަށް ގެނެސްދީ،
މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މިފަދަ އެކި ހަރަކާތްތައް އެކި މުނާސަބަތުތަކާ ގުޅުވައިގެން ބާއްވަމުންނެވެ.