ޑޯޓްމަންޑުގެ ކުޅުންތެރިޔަކު ގެނައުމުގެ ޕްލޭނެއް ނެތް: ބަޔާން
ޑޯޓްމަންޑުގެ ކުޅުންތެރިޔަކު ގެނައުމުގެ ޕްލޭނެއް ނެތް: ބަޔާން

މިއުނިކް (އޭޕްރިލް 9) – ބޮރޫޝިއާ ޑޯޓްމަންޑުގެ މަޝްހޫރު ކުޅުންތެރިޔަކަށް ކައިރި މުސްތަގުބަލެއްގައި ބިޑްނުކުރާނެ ކަމަށް ވާދަވެރި ބަޔާން މިއުނިކުގެ ޗީފް އެގްޒެކެޓިވް ކާލް-ހެއިން ރުމެނިގާ ވިދާޅުވެއްޖެ އެވެ.

ޖަރުމަން ލީގުގައި ރޭ ބަޔާން އިން ވަނީ ޑޯޓްމަންޑް 4-1 އިން އިން ބަލިކޮށްފަ އެވެ. މިއީ ދެ ކްލަބުގެ މެދުގައި އޮތް ޒަމާންވީ ވާދަވެރިކަމަށް އިތުރުވި ބޮޅެކެވެ. މި މޮޅާ އެކު ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 68 ޕޮއިންޓާ އެކު އެވެ. ޑޯޓްމަންޑް އޮތީ 50 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ބަޔާނުން އަންނަނީ ފަހަކަށް އައިސް ޑޯޓްމަންޑުގައި ވިދާލާ ކުޅުންތެރިން ގަންނަމުންނެވެ. ޑޯޓްމަންޑް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެމި ނޯންނަނީ އެކަމާ ގުޅިގެން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު ރުމެނިގާ ވިދާޅުވީ އެފަދަ ޕްލޭނެއް މިހާރު ނެތް ކަމަށެވެ.

"އަހަރެމެން ނެތް ޑޯޓްމަންޑުގެ އެއްވެސް ކުޅުންތެރިޔަކާ ވާހަކަދައްކާފައި ވެސް އަދި ވާހަކަދައްކަން ޕްލޭންކޮށްފައެއް ވެސް،" ރުމެނިގާ ވިދާޅުވި އެވެ. "އެކަމުގެ ޔަގީންކަން ދެން."

ޑޯޓްމަންޑުގެ އިތުރުން ބަޔާނުން ވަނީ ޖަރުމަނުގެ އެހެން ބައެއް ކްލަބްތަކުން ވެސް ކުޅުންތެރިން ގެނެސްފަ އެވެ. އެގޮތުން 2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ހޯދި ބެޔާ ލެވަކޫސަންގެ މައިކަލް ބަލަކާއި ޒި ރޮބާޓޯ އަދި ލޫސިއޯ ބަޔާނަށް ގެނައިރު މިރޮސްލާވް ކްލޯސާ އާއި ޓިމް ބޮރޮސްކީ އަކީ ވާޑާ ބްރޭމަން އިން ގެނައި ކުޅުންތެރިންނެވެ.

މެޓްސް ހަމެލްސް އާއި ރޮބަޓް ލެވޮންޑޮސްކީ އަދި މާރިއޯ ގޮޓްޒާ އަކީ ޑޯޓްމަންޑުގެ ކުޅުންތެރިންގެ ތެރެއިން ބަޔާނަށް ގެނައި ކުޅުންތެރިންނެވެ.