ދިރާގު ފިންޓެކް އިން ފިތުރު އީދުގެ މުނާސަބަތުގައި އީދު
ހަދިޔާއެއްގެ ގޮތުގައި ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ސީގަލް ކެފޭއިން
އައިސްކްރީމް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަނުގައި އީދު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށް ސީގަލް
ކެފޭއަށް އާއިލާއާއި ރަހުމަތްތެރިންނާއެކު ޒިޔާރަތްކޮށް، ދިރާގުޕޭގެ ކަސްޓަމަރުންނަށް އެއް ރުފިޔާއަށް އައިސްކްރީމް ގަނެވޭނެ އެވެ. ދިރާގުން ބުނީ މާދަމާ ކަސްޓަމަރުންނަށް ސީގަލް
ކެފޭއިން ލިބެން ހުންނަ ތަފާތު އެކި ރަހަތަކުގެ އައިސްކްރީމްތަކުގެ ތެރެއިން
ބޭނުންވާ ފްލޭވާއެއް މިއަގުގައި ގަނެވޭނެ ކަމަށެވެ.

ދިރާގުޕޭ އެޕް ޑައުންލޯޑްކުރުމަށް ފަހު، ރަޖިސްޓަރީކޮށްގެން ޒިޔާރަތްކުރާ ކޮންމެ
ފަރާތަކަށް ވެސް މާދަމާ އެއް ރުފިޔާއަށް އައިސްކްރީމް ލިބޭނެ އެވެ.

ދިރާގުޕޭއިން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ޕްރޮމޯޝަންތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް
ގެންގޮސްފައެވެ. މި ގޮތުން ދިރާގުޕޭގެ ޕާޓްނަރު އައުޓްލެޓްތަކާ ގުޅިގެން، ކޮފީ،
ޝަވަރުމާ އަދި ވޮފުލް ފަދަ ތަފާތު ކާބޯތަކެތި އެންމެ ރުފިޔާއަކަށް ވަނީ
ފޯރުކޮށްދީފައެވެ.

ދިރާގު ފިންޓެކްގެ އަމާޒަކީ، މި ޕްރޮމޯޝަންގެ ޒަރިއްޔާއިން
އާއިލާއާއި ރަހުމަތެރިންނާއެކު އީދު ފާހަގަކޮށް، އެކަކު އަނެކަކާ ގުޅުން
ބަދަހިކޮށް، އީދު އިތުރަށް ހާއްސަކޮށްދިނުމެވެ.