ދިރާގުން
ފިތުރު އީދަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
އެ ޕްރޮމޯޝަންގެ
ދަށުން ދިރާގު ކަސްޓަމަރުން އީދު ހަދިޔާގެ ގޮތުގައި ހިލޭ
ޑޭޓާ ފޮނުވައިގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޕްރޮމޯޝަނަކީ ރޯދަ މަހު ކުރިއަށް ގެންދިޔަ މަގުބޫލު
"ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ތަރުހީބަށްފަހު، ކުރިއަށް ގެންދާ
ހާއްސަ ޕްރޮމޯޝަނެކެވެ.
އެގޮތުން އީދު ދުވަހުން ފެށިގެން ކަސްޓަމަރުންނަށް އެ
ފަރާތްތަކުގެ އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން 5 މީހަކަށް އީދު ހަދިޔާގެ
ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބޭނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ޕްރޮމޯޝަނުގައި ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބޭނެ އެވެ. އަދި ކޮންމެ މަހަކު
ލިބޭ ޑޭޓާ ފަސް ދުވަހުގެ މުއްދަތައް ބޭނުން ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ޕޯސްޓްޕެއިޑް
ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި 24 ގަޑިއިރަށް ބޭނުން ކުރެވޭނެ ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އީދު
ހަދިޔާ ފޮނުވުމުގެ އިތުރުން، އެ ޕްރޮމޯޝަން މެދުވެރިކޮށް އަގުހުރި އިނާމުތަކެއް
ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި
ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް 5 ރަން ޓިކެޓު ލިބޭނެ އެވެ. އެ ރަން ޓިކެޓުތަކުގެ
އެހީގައި އަގުހުރި އިނާމުތައް ހޯދުމުގެ ގުރުއަތުގައި ބައިވެރިވެ، އިނާމުތައް ހާސިލުކުރުމުގެ
ފުރުސަތު އިތުރު ކުރެވޭނެ އެވެ. އަދި 5 ކާށި ބިނދެގެން ރަން ކާށްޓެއް ބިނދެ، 50
ޓިކެޓް ހާސިލު ކުރެވޭނެ އެވެ.
އެ ޕްރޮމޯޝަނަށް ހުށަހަޅާފައިވާ ހާއްސަ އިނާމުތަކަކީ:
އެޕަލް
މެކްބުކް ނިއޯ- ނެސްޕްރެސޯ
ސިޓިޒް ކޮފީ މެޝިނެއް، ކޮފީ ޕޮޑްސްއާއެކު - ސޮނީ
ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ - އެމެޒޯން
އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެން) - އެޕަލް
އެއަރޕޮޑް މެކްސް - ޓީޓީ
ރޭސިންގް އެއާ ފްލެކްސް ގޮނޑި - ޓީޓީ
ރޭސިންގް ސްމާޓް ޑެސްކް
ދިރާގުން އެފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން އެކި ޕްރޮމޯޝަންތައް ދަނީ ހިންގަމުންނެވެ.