17 ޖޫން 2016 - 07:59

ޓޮމް ކްރޫޒް ސިފައިންގެ އޮފިސަރެއްގެ ރޯލުން ފެންނަ އެކްޝަން ތުރިލާ "ޖެކް ރީޗާ: ނެވަ ގޯ ބެކް" ގެ ޓީޒާ ދައްކާލައިފި އެވެ.
މިއީ 2012 ގައި ކްރޫޒް ކުޅުނު "ޖެކް ރީޗާ"ގެ ސީކްއެލްއެކެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ލީ ޗައިލްޑް 2005 ވަނަ އަހަރު ލިއުނު ވާހަކަ "ވަން ޝޮޓް" އަށެވެ.
ފިލްމުގެ ދެވަނަ ބައި ހަތަރު އަހަރު ފަހުން ބެލުންތެރިންނާ ހަމައަށް އަންނަ އިރު، ސީކްއެލް ޑައިރެކްޓްކޮށްފައި ވަނީ އެޑް ޒީވިކެވެ. އެކަމަކު ކުރީ ފިލްމެކޭ އެއްގޮތަށް މި ފިލްމު ވެސް ވެގެން ދާނީ ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ހާދިސާތަކެއް ވަރުގަދަ އެކްޝަން މަންޒަރުތަކާ އެކު ފެންނަ ފިލްމަކަށެވެ.
ޕެރަމައުންޓުން ޑިސްޓްރިބިއުޓްކޮށް، ބޮކްސް އޮފީހުގައި 218.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "ޖެކް ރީޗާ" ޑައިރެކްޓްކުރީ ކްރިސްޓޯފާ މެކްކޯރީ އެވެ.
"ޖެކް ރީޗާ: ނެވަ ގޯ ބެކް" ގައި ކްރޫޒާ އެކު ފެންނަ ތަރިންގެ ތެރޭގައި ކޯބީ ސްމޮލްޑާސް، ރޮބަޓް ނެޕާ އާއި ޕެޓްރިކް ހިއުސިންގާ ހިމެނެ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 21 ގަ އެވެ.