އެލް މޮބައިލްއިން
އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރުން އެޕަލް ވޮޗް ގަންނަ މީހުންނަށް ހަ މަސް ދުވަހުގެ މުއްދަތަށް ހިލޭ އީ-ސިމްގެ ހިދުމަތް ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ
ދަށުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ
ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ
ކަސްޓަމަރުންނަށް، އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް
ކަނެކްޓިވިޓީ ލިބޭނެ އެވެ.

މި ހިދުމަތުގެ
ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު
ކުރުމާއި މެސެޖު ފޮނުވުމާއި މިއުޒިކް އަޑުއެހުމާއި ނޮޓިފިކޭޝަންތައް ލިބުމުގެ
އިތުރުން އެޕްތައް ބޭނުންކުރެވޭނެ އެވެ. މިއީ ކަސްރަތު ކުރުން ފަދަ އެކި ކަންތައްތަކުގައި ފޯނާ ދުރުގައި ތިބޭ ވަގުތުތަކުގައި ވެސް ފަސޭހައިން މުވާސަލާތުކުރުމަށް އެހީވެދޭނެ ހިދުމަތެކެވެ.

މިއީ ރާއްޖޭގެ
ޑިޖިޓަލް އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އުރީދޫން ސިފަކުރެ އެވެ.

ރާއްޖޭގައި އެޕަލްގެ
ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ އެވެ. އަދި އުރީދޫ ގްރޫޕުގެ
ތެރެއިން އެޕަލް ވޮޗްގެ ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ
ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ.

އުރީދޫން ބުނީ ހަ މަސް ދުވަހުގެ ހިލޭ ހިދުމަތަށް ފަހު، މި ހިދުމަތަށް ދައްކަން ޖެހޭނީ 199ރ. ކަމަށެވެ. 

މި ޕްރޮމޯޝަން
ހާއްސަ ކޮށްފައި ވަނީ މަޖީދީ މަގުގައި ހުންނަ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ، އެޕަލް މޮނޯ ސްޓޯރުން ގަންނަ
އެޕަލް ވޮޗްތަކަށެވެ.

އުރީދޫން އަންނަނީ "ޑިޖިޓަލް މޯލްޑިވްސް" އެއް ބިނާކުރުމުގެ ތަސައްވުރުގެ ދަށުން،
ކަސްޓަމަރުންނަށް ކޮންމެ ވަގުތަކު ވެސް އަދި ކޮންމެ ތަނަކުން ވެސް ގުޅިފައި ތިބުމަށް
މަގުފަހިކޮށްދޭ އީޖާދީ ޓެކްނޮލޮޖީތަކާއި ހިދުމަތްތައް ތައާރަފުކޮށް، ރާއްޖޭގެ
ޑިޖިޓަލް ބަދަލުތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ.