މީގެ ދެ އަހަރު ކުރިން ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށް ތައިލެންޑުގެ ޖަލަށް ލާފައި ހުރި ދިވެއްސަކު ޖަލުގައި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހު ނަސީމް 22، މަރުވި ކަމުގެ މައުލޫމާތު މިއަދު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އޭނާގެ މަރުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަބީހް ހައްޔަރުކުރީ ފެބުރުއަރީ 22، 2024 ގައި ތައިލެންޑުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ އޭނާ އަތުން ޑްރަގް ފެނިގެންނެވެ. 

އޭނާ ހައްޔަރުކުރި ފަހުން މިހާތަނަށް ހުރީ އެ ގައުމުގެ ބަންދުގަ އެވެ.