ސެމްސަމްގް ގެލަކްސީ ނޯޓް 7 އަށް ކަޅި ސްކޭނަރެއް
ސެމްސަމްގް ގެލަކްސީ ނޯޓް 7 އަށް ކަޅި ސްކޭނަރެއް

ސެމްސަންގް ގެލަކްސީ ނޯޓް 7 ގައި ލޮލުގެ ކަޅި ސްކޭނަރެއް ހުންނާނެ ކަމަށް ބުނެވެ އެވެ. އެ ވާހަކަ އަދި ރަސްމީނުކުރި ނަމަވެސް ދެނެތިބީން ބުނާ ގޮތުގައި އެއީ ވުން ވަަރަށް ގާތް ކަމެކެވެ.

ސެމްސަންގް ގެލަކްސީ ދަރިފަސްކޮޅަށް ނިސްބަތްކުރެވޭ ނޯޓް އާއިލާގައި ހިމެނޭ ނޯޓް 5 މާކެޓަށް ނެރުނީ ފާއިތުވި އަހަރު އޯގަސްޓް މަހު އެވެ. މި އަހަރު އެ ދުވަސް އަންނައިރު ދުނިޔެ އަށް ދައްކާލުމަށް ސެމްސަންގުން ތައްޔާރުކުރަނީ ނޯޓް 7 އެވެ. ނޯޓް 6 ނޫނެވެ. ސަބަބަކީ ބުނެވޭ ގޮތުގައި ގެލަކްސީ އެސް ސީރީޒަށް ވުރެ ފަހަތުގައި ނޯޓް ސިރީޒް އޮތުމެވެ.

އެ ސީރީޒްގެ އެހެން ފޯނުތަކާ ޚިލާފަށް ނޯޓް 7 މުޅިން ބަދަލުވާނެ ކަމަށް ބުނެފެ އެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތަކުގައި އޮއްޓަރެއް ހުރި ނަމަ، ނޯޓް 7ގެ ޑިސްޕްލޭ އަރިމަތި ހުންނާނީ ލަންބާލާފަ އެވެ. ގެލަކްސީ އެސް އެޖް ފޯނުތައް ގޮތަށެވެ.

ގެލަކްސީ އެސް އެޖް ފޯނުތަކާ ޚިލާފަށް ނޯޓް 7ގެ އަރިމަތީގައި ލިޔެވޭނެ ކަމަށް ބުނެވެ އެވެ. ނޯޓް 7 ނެރޭ ދުވަސް ކައިރިވަމުން އަންނައިރު ވަފާތެރިން ހިތްތެޅުވުމަށްޓަކައި އެ ފޯނު ހުންނާނެ ގޮތް ކޮންމެވެސް ވަރަކަށް ވަނީ ދައްކާލަފަ އެވެ.

ސެމްސަންގް އަކީ ސައުރުކޮރެއާ ކުންފުންޏެކެވެ. ނޯޓް 7 އަށް ބޭނުންވާ ސެންސަރުތައް، ކަޅި ސްކޭނަރު ހިމެނޭ ގޮތުން، އުފައްދާނެ ބަޔަކު ހޯދުމަށް ހުޅުވާލި ބިޑް ކާމިޔާބުކުރީ އެ ގައުމުގެ ކުންފުންޏަކުންނެވެ.