07 އެޕްރީލް 2017 - 18:21

ހައްޔަރު ކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބް ޝަހީމްގެ ބަންދަށް އިތުރު 10 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ މެދު ތެރޭގައި ތޮއްޔިބް ހައްޔަރުކުރީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ވާހަކަތައް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ތުހުމަތުކޮށެވެ.
އޭނާގެ ބަންދަށް 10 ދުވަސް އިތުރުކުރީ އެންމެ ފަހުން އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިން ތިން ވަނަ ފަހަރެވެ.
ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ތޮއްޔިބްގެ ބަންދަށް 10 ދުވަސް އިތުރު ކުރިއިރު އެންމެ ފަހުން އިތުރުކޮށްދިން 15 ދުވަހުގެ މައްސަލަ އޭނާގެ ފަރާތުން އޮތީ އިސްތިއުނާފްކޮށްފަ އެވެ.