އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ
އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ގުޅިގެން ކ. އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓްތަކުގެ ތެރެއިން ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވާނެ ކަމަށް އެ ކުންފުނިތަކުގެ ފަރާތުން ބުނެފި އެވެ.

އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ
އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ

ތައިލެންޑުގެ "ދަ ނޭޝަން" އަށް ދެއްވި އިންޓަވިއުއެއްގައި ސިންހަ އެސްޓޭޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނަރިސް ޗޭކްލިން ވިދާޅުވީ އެނބޫދޫފަޅުގައި ނުވަ ރިސޯޓް ތަރައްގީކުރުމާ ގުޅޭ ގޮތުން ހާޑް ރޮކް އިންޓަނޭޝަނަލް ހޮޓެލް ގްރޫޕާ އެކު ވަރަށް ފަހުން އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ
އެނބޫދޫފަޅުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވަނީ

މާލެއާ ޖެހިގެން ދެކުނު ފަރާތުގައި އޮންނަ ބޮޑު ފަޅުގައި އެ ރިސޯޓްތައް ހަދަނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ފެންނަ ގޮތަށް އަދި ޗުއްޓީ ހޭދަކުރުމުގެ ހުރިހާ ކަމެއް ފުރިހަމައަށް ލިބޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނބޫދޫފަޅުގައި އަންނަ އަހަރު ހުޅުވާ ތިން ރިސޯޓް ނިންމަން ކަނޑައަޅާފައި ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ.

ނަރިސް ވިދާޅުވި ގޮތުގައި ތިން ރިސޯޓް ހުޅުވޭވަރުވާނީ އަންނަ އަހަރުގެ ޖުލައި މަހު ހިސާބުގަ އެވެ.

"މި މެގަ ޕްރޮޖެކްޓްގެ ފުރަތަމަ ހޮޓާ ތަރައްގީކުރުމުގައި ހާޑް ރޮކް ކެފޭއާ އެކު މަސައްކަތްކުރުމަކީ ލިބޭ ފަޚުރެއް،" އޭނާ ވިދާޅުވި އެވެ.

މި ރިސޯޓްތަކުގައި ޔޮޓް މެރީނާއަކާއި ފިހާރަތަކާއި ކާބޯތަކެތި ވިއްކުމަށް، މަދުވެގެން 20 ތަނަކާއި ދުނިޔޭގެ ފެންވަރުގެ ބީޗް ކްލަބަކާއި ސަގާފީ ކަންކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ސެންޓަރަކާއި ބައްދަލުވުންތަކާއި ކައިވެނި ހަފުލާތަކަށް ހާއްސަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އަދި މީގެ އިތުރުން ތަފާތު ހަތް ބްރޭންޑެއްގެ ހޮޓެލްތަކުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް ތަރައްގީކުރާ ފަރާތުން ބުނެ އެވެ.