ވެލިގާ ހާޑްވެއާގެ އަހަރީ ދުވަހާ ގުޅިގެން އައިފޯން ރެޑެއް ދެނީ
ވެލިގާ ހާޑްވެއާގެ އަހަރީ ދުވަހާ ގުޅިގެން އައިފޯން ރެޑެއް ދެނީ

ވެލިގާ ހާޑްވެއާގެ ނުވަ ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އައިފޯން ރެޑް ފޯނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފޭސްބުކް ޕޭޖާއި ޓްވީޓާގައި ލައިކްކޮށް، ޝެއާކޮށް އަދި ރައްޓެހިން ޓެގްކޮށްގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ވެލިގާއިން ބުންޏެވެ.

ވެލިގާ އަކީ 2008 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ވައްތަރުގެ ހާޑްވެއާ ސާމާނު ވިއްކަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އާއްމުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ އަދި އާއްމުންގެ އިތުބާރު ލިބިފައިވާ މި ކުންފުނީގެ ފަސް ފިހާރަ މިހާރު ވަނީ ހުޅުވައިފަ އެވެ.