ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްޑީއެފްސީ
ގަތުމަށް ފަހު، އެ ކުންފުނި އެސްއެމްއީ ޑިޖިޓަލް އަށް ރީބްރޭންޑު ކުރިތާ ހަތަރު މަސް ތެރޭގައި އެސްއެމްއީގެ ހުރިހާ ދާއިރާއަކުން ފައިނޭންސިން ދޫކުރަން މިއަދު ފެށުމަކީ ބޮޑު ކުރިއެރުމެކެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ކުދި
އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން
ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި އަންހެން ވިޔަފާރިވެރިންގެ ހީވާގި
މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެކެވެ.

ނަމަވެސް އެފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި
ފުޅާކުރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ
އެހީތެރިކަން އެކަށީގެންވާ ވަގުތުގައި އަދި ލުއި ގޮތެއްގައި ނުލިބުމެވެ.

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދު ފަންތީގެ އެކި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދޭ.

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދު ފަންތީގެ އެކި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދޭ.

އެ ހުސްކަން ފޫބެއްދުމަށްޓަކައި، އެސްއެމްއީ
ޑިޖިޓަލް އިން ވަނީ ޝަރީއާގެ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިން ނިޒާމެއް
ބިނާކޮށްފަ އެވެ. އެއީ ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް
ވިޔަފާރި ހިޔާލެއް ބާކީ ނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެކެވެ.

މިއަދު އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި
އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިން ފޯރުކޮށްދޭ އެއް ތަނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ވިޔަފާރި އާއިި ހިދުމަތާއި އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން އެކި
ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހާއްސަ ހައްލުތައް
ހިމެނެ އެވެ.

ވިޔަފާރީގެ ކޮންމެ މަރުހަލާއަކަށް ވެސް ހައްލެއް
ލިބޭނެހެން، އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ
ވިޔަފާރިއަކަށް އެއްގޮތަކަށް އަމަލުކުރުމުގެ ބަދަލުގައި ކޮންމެ ބޭނުމަކަށް އެންމެ
އެކަށީގެންވާ މާލީ އެހީތެރިކަން ހޯދައިދިނުމުގެ މައްޗަށެވެ.

އަލަށް ފަށާ އަދި އެންމެ ކުދި
ވިޔަފާރިތައް

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ކުދި
މަސައްކަތްތަކަށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިން ފުރުސަތުތަކުގެ އެހީގައި އާމްދަނީ ލިބޭ ވިޔަފާރިތަކަށް ބަދަލުކޮށްދެއެވެ. އެ ފުރުސަތުތަކަކީ
ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ އަދި ފެށުމުގައި ބޭނުންވާ ހަރަދުތަކަށް
އެހީތެރިވެދޭ ފުރުސަތުތަކެކެވެ. އޭގެ ސަބަބުން ޒުވާނުންނަށާއި އަންހެނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ
ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބޭނެ އެވެ.

  • ރަހުނަކާނުލައި 100,000ރ. ހަމައަށް ފައިނޭންސް ދޫކުރެވޭ

  • އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 12 މަސް ދުވަހުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

އަންހެނުން އިގްތިސާދީ ގޮތުން
ބާރުވެރިކުރުން

އަންހެން ވިޔަފާރިވެރިންނަށް ހާއްސަ އިސްކަމެއް
ދީގެން އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ފައިނޭންސިން އެކުލަވާލާފަ އެވެ. އެގޮތުން އަންހެނުންނަށް ހާއްސާ ފައިނޭންސިންގެ ދަށުން:

  • ރަހުނަކާ ނުލައި 250،000ރ. ހަމައަށް ފައިނޭންސް ދޫކުރެވޭ

  • އަނބުރާ ދެއްކުމަށް 7 އަހަރުގެ މުއްދަތެއް އަދި އެއް އަހަރުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

ވިޔަފާރި ފުޅާ ކުރުމާއި ހަރުމުދާ ހޯދުމަށް

ކުރިއަރަމުން އަންނަ ވިޔަފާރިތައް އިތުރަށް
ފުޅާކުރުމަށްޓަކައި އައު އައުޓްލެޓް ހުޅުވުމަށާއި ހަރުމުދާ އަދި މެޝިނަރީ
ގަތުމަށާއި ހިދުމަތްތައް އިތުރު ކުރުމަށް ނުވަތަ ހިންގުން ހަރުދަނާ ކުރުމަށް ފައިނޭންސިން ފުރުސަތުތައް ލިބެން ހުރެ އެވެ. އެއީ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި އަދި
ވާދަވެރިކަމާއެކު ކުރިއެރުވުމަށް ލިބޭ އެހީތެރި ކަމެކެވެ.

ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން:

  • ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ 

  • ރަހުނަކާނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރޭ 
  • އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، އެއް އަހަރުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

އެސެޓް ފައިނޭންސިން

  • ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ
  • ރަހުނަކާނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރޭ
  • އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، އެއް އަހަރުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

ކަނޑު އުޅަނދުފަހަރަށް ހާއްސަ މާލީ އެހީ

މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި
ބޭނުންކުރާ އުޅަނދު ފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ފަދަ ކަނޑު ދަތުރުފަތުރުގެ
ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން
ފޯރުކޮށްދިނުމަށް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ.

އެގޮތުން، ވެސަލް ފައިނޭންސިން މެދުވެރިކޮށް:

  • ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ

  • އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 18 މަސް ދުވަހުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

އުފެއްދުންތެރި އަދި ޑިޖިޓަލް
އިގްތިސާދު

ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުން އަދި
ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ
ހޯދުމަށް ހާއްސަ ފައިނޭންސިން ފޯރުކޮށްދީ އަދި އަލަށް ކުރިއަރަމުން އަންނަ
ދާއިރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

ކޮންޓެންޓް ކްރިއޭޓާ ފައިނޭންސިން މެދުވެރިކޮށް:

  • 500،000ރ. ހަމައަށް ފައިނޭންސް ދޫކުރެވޭނެ

  • ރަހުނަކާނުލާ 150،000ރ. ހަމައަށް ފައިނޭންސް ދޫކުރޭ
  • އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް، 6 މަސް ދުވަހުގެ ގްރޭސް
    ޕީރިއަޑެއް ހިމެނޭނެ

ފަތުރުވެރިކަމާއި ގެސްޓް ހައުސް ދާއިރާ

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި
ތަނބުކަން ބަލައިގަނެ، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މި ދާއިރާއަށް ދޭ
އެހީތެރިކަން ދާދިފަހުން ފުޅާކޮށް އިތުރަށް ހަރުދަނާކޮށްފަ އެވެ. އެގޮތުން

  • ގެސްޓްހައުސް ފައިނޭންސިން: މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސްތައް
    އިމާރާތް ކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10
    މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން

  • އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް، 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭނެ
  • ގެސްޓް ރޫމް
    ފައިނޭންސިން: 5 ކޮޓަރިއަށް ވުރެ އިތުރު ނުވާ ހޯމްސްޓޭ އަދި ދިވެހިންނަށް ހާއްސަ
    ކުދި ގެސްޓްހައުސްތަށް އަލަށް ފެށުމަށާއި މިހާރު ވެސް ހިނގަމުންދާ ވިޔަފާރިތަކަށް
    1.5 މިލިއަން ރުފިޔާއާ ހަމައަށް.
  • އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭނެ
ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް އެ ދާއިރާގެ މިހާރުގެ ވިޔަފާރިތަކާއި އަލަށް އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ވަނީ ފައިނޭންސިން 2 ޕްރޮޑަކްޓެއް ތައާރަފްކޮށްފަ.
ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް އެ ދާއިރާގެ މިހާރުގެ ވިޔަފާރިތަކާއި އަލަށް އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ވަނީ ފައިނޭންސިން 2 ޕްރޮޑަކްޓެއް ތައާރަފްކޮށްފަ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން
ވިދާޅުވީ އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ ކޮންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް، އެ ވިޔަފާރީގެ ދާއިރާއަކީ ހަނި ދާއިރާއެއް ނަމަވެސް، އެ ވިޔަފާރިއެއްގެ ބޭނުންތަކާ ގުޅޭ ފައިނޭންސިން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އަދި ގޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފިހާރަތައް ފުޅާކުރުމާއި މެޝިނަރީ އާއި އިކުއިޕްމަންޓަށް އިންވެސްޓްކުރުން ނުވަތަ ގެސްޓްހައުސް
ތަރައްގީކުރުން ފަދަ ކޮންމެ ކަމެއްގައި ވެސް އެކަށީގެންވާ މާލީ ހައްލެއް
ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

އެސްއެމްއީ ޑިޖިޓަލްއިން މިހާރު ވަނީ ޝަރީއާ
ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިން ފެސިލިޓީތަކެއް ތައާރަފުކޮށްފަ އެވެ. އޭގެ މައިގަނޑު ބޭނުމަކީ ވިޔަފާރީގެ ކޮންމެ މަރުހަލާއެއްގައި ތިބި ފަރާތްތަކަށް ވެސް
އިތުބާރާއި ޔަގީންކަމާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ބަދުރުއްދީން އިތުރަށް ވިދާޅުވި ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް
ކުރިއަރައިގެން ދިއުމަކީ ގައުމުގެ އިގްތިސާދަށް ތަނަވަސްކަން ލިބި އަދި ވަޒީފާގެ
ފުރުސަތުތައް އިތުރުވެ، މުޖުތަމައުތައް ބާރުވެރި ވެގެންދާނެ ކަމެކެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރިވެރިންނަށް
ފޯރުކޮށްދޭ ފައިނޭންސިންގައި އެކަށީގެންވާ ގްރޭސް ޕީރިއަޑެއް ހިމެނޭހެން،
ފައިނޭންސް އަނބުރާ ދައްކަން ޖެހޭ މުއްދަތު ވަނީ އިތުރުކޮށްދީފަ އެވެ. އަދި އަތްފޯރާފަށުގެ އުސޫލުތަކެއްގެ ދަށުން ދޫކުރާ އެ ފައިނޭންސިންގެ ސަބަބުން ވިޔަފާރިވެރިންނަށް
ކުރިމަތިވާ މާލީ ތަކުލީފުތައް ކުޑަވެ، ކުރު މުއްދަތުގެ ދަރަންޏަށް ވުރެ ބޮޑަށް
ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެގެންދެ އެވެ.

މިހާތަނަށް އެސްއެމްއީ ޑިޖިޓަލްގެ މާލީ ހައްލުތައް
މެދުވެރިކޮށް އެތައް ހާސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކަށް ވަނީ މާލީ
އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ދިވެހިރާއްޖޭގެ އިގްތިސާދު
ސިންދަފާތުވަމުން ދާއިރު، އެފަދަ މުއައްސަސާތަކުން ދަނީ އިގްތިސާދީ ކުރިއެރުމަކީ
އެންމެންނަށް ފުރުސަތު އޮތް އަދި އެންމެނަށް ބައިވެރިވެވޭ ކަމެއް ކަމަށް
ހެދުމުމަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ވިޔަފާރިވެރިންނަށް 'އެސްއެމްއީ ޑިޖިޓަލް'ގެވެބްސައިޓްމެދުވެރިކޮށް ހުރިހާ ފައިނޭންސިން ޕްރޮޑަކްޓްތަކެއް ބަލައި،
ފަސޭހަކަމާއެކު އެޕްލައިކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ރާއްޖޭގެ ކޮންމެ
ސަރަހައްދެއްގައި ހުރެގެން ވެސް ދެފުށް ފެންނަ އަދި ސާދާ އުސޫލަކުން ހިދުމަތް ހޯދޭނެ
މަގެކެވެ.

އެންމެ ކުދި އަދި މެދު ފަންތީގެ
ވިޔަފާރިތަކަށް ބޭނުންވާ މާލީ ހައްލުތަކާއެކު 'އެސްއެމްއީ ޑިޖިޓަލް' އަކީ
ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއް ނޫނެވެ. އެއީ ދިވެހި ވިޔަފާރިތަކުގެ
ކާމިޔާބީގެ ދިގު މުއްދަތުގެ ބައިވެރިއެކެވެ.