ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރުމަށް މަހަަކަށް ކަނޑައަޅާފައި އޮންނަ ލިމިޓް، ކުރިން އިއުލާނުކޮށްފައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައި މިއަދު އިއުލާނުކޮށްފި އެވެ.
ބީއެމްއެއިލް ބުނި ގޮތުގައި ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓް ވެސް ބޮޑުވާނެ އެވެ.
ގެނައި ބަދަލު:
- ކްލެޒިކް ކްރެޑިޓް ކާޑު 750 ޑޮލަރުން 1،400 ޑޮލަރަށް
- ގޯލްޑް ކްރެޑިޓް ކާޑު 750 ޑޮލަރުން 1،500 ޑޮލަރަށް
- ޕްލެޓިނަމް ކްރެޑިޓް ކާޑު 1،500 ޑޮލަރުން 3،000 ޑޮލަރަށް
މިދިޔަ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން
ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުން ފައިސާ ދެއްކޭ އަދަދު ވެސް 500
ޑޮލަރުން 1،000 ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ.
މީގެ އިތުރުން އެއާލައިންތަކުން ޓިކެޓް
ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ
އަދަދު 3،000 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ. އަދި ބޭސްފަރުވާ
އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ ބޭންކުގައި އެދުމުން ހޮސްޕިޓަލަށް
ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސައިދެ އެވެ.