ރޯދައަށް ހާއްސަކޮށް "ރޯދައަށް ރީތީ"ގެ
ނަމުގައި އެޗްޑީއެފްސީއިން ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.

އެޗްޑީއެފްސީން ބުނީ މިއީ ގޭތެރެ ޒީނަތްތެރިކުރުމަށް
އެ ކުންފުނިން ދޫކުރާ އެޗްޑީއެފްސީ ލައިޓް ފައިނޭންސިން ފެސިލިޓީ ނަގާ
ކަސްޓަމަރުންގެ މެދުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. އެޗްޑީއެފްސީ ލައިޓް
ފައިނޭންސިން ފެސިލިޓީ އަކީ ހޯމް އިމްޕްރޫވްމަންޓް ޕްރޮޖެކްޓުތަކާއި ފަރުނީޗަރު
ގަތުމަށާއި ކުދި ރެނޮވޭޝަން ޕްރޮޖެކްޓުތަކަށް އެންމެ އެކަށީގެންވާނެ އެއް
ފެސިލިޓީކަމަށް އެޗްޑީއެފްސީއިން ބުންޏެވެ.

"ރޯދަ އަށް
ރީތި" ޕްރޮމޯޝަނުގެ ލަކީޑްރޯއިން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ
އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ އަށް ހުށަހަޅާފައި ވަނީ
ހުރިހާ ހަރަދުތަކަކާ އެކު ދެ މީހަކަށް ދޭ ދެ ދުވަހުގެ ރިސޯޓު ދަތުރެކެވެ. ދެ
ވަނައަށް ހުށައަޅާފައި ވަނީ ދެ މީހަކަށް މެލޭޝިއާގެ ރިޓާން ޓިކެޓެވެ. އަދި ތިން
ވަނަ އަށް ހުށައަޅާފައި ވަނީ 5،000ރ. ގެ ފައިސާގެ އިނާމެކެވެ.

އެޗްޑީއެފްސީ ލައިޓް ފައިނޭންސިން ފެސިލިޓީ އަކީ
އެއްވެސް މޯގޭޖަކާއި ނުލާ 50،000ރ. އިން ފެށިގެން 500،000ރ. އާ ހަމައަށް 15 ޕަސެންޓު ރޭޓުގައި ފައިނޭންސް ކޮށްދޭ ފެސިލިޓީއެކެވެ.
މިއީ އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭ ފެސިލިޓީއެކެވެ. މި
ފެސިލިޓީ ނެގޭނީ އަހަރެއް ވަންދެން މެދު ނުކެނޑި ފައިސާ ޖަމާވެފައިވާ
ފަރާތްތަކަށެވެ.

މި ޕްރޮމޯޝަނުގައި ކުރިއަށް ދާނީ މާޗް މަހުގެ ނިޔަލަށެވެ. އެޗްޑީއެފްސީގެއޮންލަިއން ޕޯޓަލްމެދުވެރިކޮށް މި ފެސިލިޓީއަށް އެޕްލައިކޮށް އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ މިންވަރު ބެލޭނެ އެވެ.