ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރް ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދިން ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
މީރާއިން ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ދެ ކުންފުނީގެ ވެސް ޑިރެކްޓަރެއް ކަމަށްވާ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. އަލީ އަބްދުالله ލަތީފެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ
ފަރާތްތަކެއްކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި
ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަން ފަށައި، މީރާއިން ބެލިބެލުމުން ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް
ސޮލިއުޝަންސްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ މީރާއަށް ރިޕޯޓުކޮށްފައިނުވެ އެވެ.
ޕައިނިއާ މޯލްޑިވްސްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް
ފަރާތްކަމާއި 2020 އަދި 2021ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ
ދާއިރާއެއްގައި ފޯރުކޮށްދިނެވެ. ނަމަވެސް، މިރާއިން ބުނީ އެ ހިދުމަތުން ލި ބިފައިވާ އެންމެހައި އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް
އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާ ކަމަށެވެ.
އަދި މި ހިދުމަތް ފޯރުކޮށްދީގެން
ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް
އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީރާއިން ބުންޏެވެ.
އެގޮތުން، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން
މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ
މޯލްޑިވްސްގެ ފަރާތުން ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާ ކަމަށް މީރާ އިން ބުނެ އެވެ.
އަދި މި ތަހުގީގާ
ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ މައްޗަށް ޖުމުލަ
4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ
ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވާނެ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން،
މައްސަލައިގައި އިސްކޮށް އުޅެފައިވާ ކަމަށް ފާހަގަކުރެވިފައިވަނީ މީރާއިން ބުނި ގޮތުގައި ޑރ. އިކްލީލް
ޝަރީފް އަދި ޑރ. އަލީ އަބްދުالله ލަތީފެވެ.
އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން ވަނީ އެދިފަ އެވެ. އަދި މީގެ އިތުރުން އެނގިހުރެ ސައްހަނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީ ހިސާބާއި ޓެކްސް ބަޔާން
ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒުގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވެ އެވެ.