ހައިރައިޒްއިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ވެސް ބާއްވާ ދާ ފުޑް އެންޑް ބެވަރޭޖް ޝޯގެ މިއަހަރުގެ އެޑިޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ ބިޒްނަސް ހަމަޖައްސައިފި އެވެ. 

ފުޑް އެންޑް ބެވަރޭޖް ޝޯގެ ނުވަ ވަނަ އެޑިޝަން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. އެ ހަރަކާތް ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. އެ ޝޯގައި ފުޑް އެންޑް ބެވަރެޖަސް އިންޑަސްޓްރީގެ އިސްވެރިންނާއި ސަޕްލަޔަރުންނާއި ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.

އެ ޝޯގައި ޑިޖިޓަލް ޕާޓްނަރެއްގެ
ގޮތުން އުރީދޫ ބިޒްނަސް އިން ޑިޖިޓަލް
ސޮލިއުޝަންތަކާއެކު މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުން ބައިވެރިކޮށް، ވާދަވެރި މާކެޓެއްގައި ދެމެހެއްޓެނިވި ގޮތެއްގައި
ކުރިއެރުވުމަށް އެހީތެރިވެދޭނެ އެވެ.

ހަތަރު
ދުވަހަށް ކުރިއަށްދާ އެ އެގްޒިބިޝަންގައި އުރީދޫ ބިޒްނަސްގެ ހާއްސަ ބޫތެއް ހުންނާނެ އެވެ.

އުރީދޫ ބިޒްނަސް އިން ގެނެސްދޭ ޑިޖިޓަލް
ޓްރާންސްފޯމޭޝަނަކީ އުފެއްދުންތެރިކަން އިތުރުކޮށް، ކަސްޓަމަރުންގެ ތަޖުރިބާ ފުޅާކޮށް އަދި މުސްތަގުބަލަށް ތައްޔާރުވުމަށް އަމާޒުކޮށްގެން ވިޔަފާރިތަކަށް ގެނެސްދޭ ހިދުމަތްތަކެކެވެ.