އައިކެއާ އޮޕްޓިކަލްސްއިން މިހާރު ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކަމަށް އައިކެއާއިން ބުނެފި އެވެ.
އެ ޕްރޮމޯޝަންގެ
ދަށުން 18 އަހަރުން ދަށުގެ ކުދިންނަށް އާސަންދަ ނުވަތަ އެހެނިހެން އިންޝުއަރެންސް
ޕްލޭންތައް މެދުވެރިކޮށް އިތުރު ހަރަދަކާ ނުލައި ނަންބަރު އައިނު ހެއްދުމުގެ ފުރުސަތު
ލިބެ އެވެ. އެ ޕްރޮމޯޝަން އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށް ގެންދާނެ އެވެ.
އައިކެއާގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަނުގައި އައިކެއާއިން ވިޔަފާރިކުރާ އާއިލާތަކަށް، ހޮވާލެވިފައިވާ ވަކި ބްރޭންޑުތަކަކުން 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އަދި ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން އެތަނުން ވިޔަފާރިކުރާ ފަރާތްތަކަށް 500ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެ އެވެ.
އައިކެއާއިން ބުނީ އެ ޕްރޮމޯޝަންގެ ސަބަބުން، ކޮންމެ ދަރިވަރަކަށް ވެސް އެ ކުއްޖަކާ އެންމެ ގުޅޭ އަދި ފެންވަރު
ރަނގަޅު އައިނެއް އިޚްތިޔާރު ކުރުމަށް ބެލެނިވެރިންނަށް ބޮޑު ލުޔެއް
ލިބިގެންދާނެ ކަމަށެވެ.
ދިރާސީ އައު އަހަރަށް
ތައްޔާރު ވާއިރު، ކުދިންގެ ފެނުމުގެ ދުޅަހެޔޮ ކަމަށް އިސްކަން ދިނުމަކީ ތައުލީމީ
ގޮތުންނާއި އާންމު ދިރިއުޅުމުގައި އެ ކުދިންނަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ވެސް އައިކެއާއިން ބުންޏެވެ.