މިއަހަރު ބާއްވާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލަން ދިއުމުގެ ފުރުސަތު ދެ މީހަކަށް ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.

ވިސާއާ ގުޅިގެން ކުރިއަށް އެ ޕްރޮމޯޝަންގައި ހަމައެކަނި ބައިވެރިވެވޭނީ ބީއެމްއެލްގެ ވިސާ ކާޑު ކަސްޓަމަރުންނަށެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ އެޕްރިލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ބީއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކަސްޓަމަރުން ރެޖިސްޓްރީ ވާން ޖެހެ އެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) ޓާމިނަލްތަކުން ސްޓެޓިކް ކިއުއާރު ނުވަތަ ބީއެމްއެލް ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް މަހެއްގެ މައްޗަށް 15،000 ރުފިޔާ ވިސާ ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު (ޕާސަނަލް ކާޑުތައް) އިން ހޭދަކުރުމުންނެވެ. އަދި އެ އަދަދަށް ވުރެ އިތުރަށް ކަސްޓަމަރުން 15،000 ރުފިޔާއަށް ވުރެ ހޭދަކުރާ ކޮންމެ ފަހަރަކު ލަކީޑްރޯއިން ހޮވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.

އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އެއް ފަރާތަކަށާއި އެ ފަރާތަކުން އިޚުތިޔާރުކުރާ މީހަކާއެކު ފީފާ ވޯލްޑްކަޕް ފައިނަލް މެޗް ބަލާލަން ދިއުމަށް ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރުން ފައިނަލް މެޗްގެ ކުޅޭ ސްޓޭޑިއަމަށް ވަނުމަށް ދެ ޓިކެޓް ލިބޭނެ އެވެ.

ބީއެމްއެލްއިން އަންނަނީ ވިސާ ކްލެސިކާއި ވިސާ ގޯލްޑާއި ޕްލެޓިނަމްގެ އިތުރުން ދާދިފަހުން ތައާރަފްކުރި ވިސާ އިންފިނިޓް ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓާއި ޕްލެޓިނަމް ޑެބިޓް ކާޑު ވެސް ދޫކުރަމުންނެވެ.