އުރީދޫ އަށް އާ ސީއީއޯއެއް، ކުރީގެ ސީއީއޯ އެމްޑީގެ މަގާމަށް އައްޔަންކޮށްފި
އުރީދޫ އަށް އާ ސީއީއޯއެއް، ކުރީގެ ސީއީއޯ އެމްޑީގެ މަގާމަށް އައްޔަންކޮށްފި

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސައި، ކުރިން އެ މަގާމުގައި ހުންނެވި ވިކްރަމް ސިންހަ އެ ކުންފުނީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފި އެވެ.

އުރީދޫ އަށް އާ ސީއީއޯއެއް، ކުރީގެ ސީއީއޯ އެމްޑީގެ މަގާމަށް އައްޔަންކޮށްފި
އުރީދޫ އަށް އާ ސީއީއޯއެއް، ކުރީގެ ސީއީއޯ އެމްޑީގެ މަގާމަށް އައްޔަންކޮށްފި

އުރީދޫން ބުނީ އެ ކުންފުނީގެ ސީއީއޯގެ މަގާމަށް އަލަށް މިއަދު އައްޔަންކުރީ ކުރިން އުރީދޫ ގްރޫޕުގެ ކޮމާޝަލް ޑިވިޝަންގެ ބިޒްނަސް ސާވިސް ޓީމްގެ އިސްވެރިޔާ ނަޖީބް ޚާނެވެ. ކުރިން ބާރްތީ އެއާޓެލް ލިމިޓެޑްގެ ހޯމް އެންޑް އޮފީސް ބިޒްނަސް ސީއީއޯ ކަން ވެސް ކުރެއްވި ނަޖީބް ޚާނަކީ މުވާސަލާތީ ދާއިރާގެ 25 އަހަރުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅެކެވެ.

އެ ބަދަލާ ގުޅިގެން އުރީދޫ ގްރޫޕުގެ ޗެއާމަން ޚާލިދް އަލް މަހްމޫދު ވިދާޅުވީ އާ ސީއީއޯ ނަޖީބްގެ ދަށުން އުރީދޫ ކުންފުނި އިތުރަށް ކުރިއަށްދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ކުރީގެ ސީއީއޯ ވިކްރަމް އަކީ ވެސް އެ ކުންފުނީގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.

ކުރީގެ ސީއީއޯ އަދި މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިކްރަމް ވިދާޅުވީ އުރީދޫ ބްރޭންޑް ކުރިއަރުވަން އޭނާ އަށް ލިބުނު ފުރުސަތަކީ ބޮޑު ޝަރަފެެއް ކަމަށާއި ނަޖީބްގެ ބެލުމުގެ ދަށުން އާ ހަރުފަތްތަތަކަށް އެ ކުންފުނި ގެންގޮސްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.