އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން 20 އަހަރަށް ފަހު އަލުން ޓީވީއަށް
އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން 20 އަހަރަށް ފަހު އަލުން ޓީވީއަށް

ޓީވީ ސްކްރީންތަކާ ދުރުގައި 20 އަހަރު ހުރުމަށް ފަހު އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން އެނބުރި ޓީވީއަށް އަންނަން ތައްޔާރުވެއްޖެ އެވެ. "ޖުނޫން" އަދި "ބުނިޔާދް" ފަދަ ރީތި ސިލްސިލާތަކެއް ކުޅެފައިވާ ސޯނީ މަހޭޝް ބަޓް އާ ކައިވެނި ކުރުމުގެ ކުރިން ބައެއް ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.

އާލިއާ އާއި އޭނާގެ ދައްތަ ޝާހީން ލިބުނު ފަހުން ޓީވީ ސިލްސިލާތަކުގައި މަސައްކަތް ކުރުން ސޯނީ ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ވަރަށް މަދުން ބައެއް ހިންދީ ފިލްމުތަކުގައި އޭނާ ބައިވެރިވެފައިވެ އެވެ.

ނަމަވެސް މިފަހަރު ސޯނީ އެނބުރި ޓީވީ އަށް އަންނަނީ ހަމަ ވަރަށް ވަރުގަދަ ރޯލަކާ އެކު ސްޓާ ޕްލަސްގެ "ކިޔާ ތޫ މޭރީ ލާގޭ" ކިޔާ ސިލްސިލާ އަކުންނެވެ. މި ސިލްސިލާގައި އޭނާ ކުޅެނީ ވަރަށް ޝާހީ މީހެއްގެ ރޯލެވެ.

ކީތު ސްކޭރާ އާއި ސަންޖީދާ ޝޭޚް އަދި ސާރާ އަފްރީން ޚާން ވެސް ބައިވެރިވާ މި ސިލްސިލާގައި ސޯނީ އަކީ ރާނީ އެކެވެ. އަދި ސާރާ ކުޅެނީ ސޯނީގެ ދަރިއެއްގެ ރޯލެވެ.

ސޯނީ ވަނީ އެ ސިލްސިލާގެ ސެޓުގެ ބައެއް މަންޒަރުތަކާ އެކު އޭނާ އެނބުރި އަންނަކަން ސޯޝަލް މީޑިއާގައި އިއުލާން ކޮށްފަ އެވެ. މިހާރު ރާޖަސްތާނުގައި މި ފިލްމުގެ ޝޫޓިން ކުރިއަށް ދާއިރު ސޯނީ ކުޅެނީ ނެގެޓިވް ކެރެކްޓާއެއް ކަމަށްވެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ސިލްސިލާތަކުގައި ސޯނީ ހޭދަކުރުމަށްފަހު އެނބުރި އަންނަން ނިންމީ އާލިއާ ވަރަށް ހިތްވަރުދީގެން ކަމެއްވެ އެވެ.