ދިރާގުން ކުރިއަށްގެންދާ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާ ހޮވަން ބާއްވާ އިވެންޓުގައި، މަޝްހޫރު ޑީޖޭ މީކާގެ ހުށަހެޅުންތައް ފެންނާނެ ކަމަށް ބުނެފި އެވެ.

ދިރާގުގެ ޕްރޮމޯޝަންގައި ދޭ ފުރަތަމަ ލޯންޗުގެ ނަސީބުވެރިޔާ ހޮވަން ބާއްވާ އެ ހަރަކާތް އޮންނާނީ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެ ހަރަކާތް ފަށާނީ އުމުރުން 17 އަހަރުގެ ކުޅަދާނަ ޑީޖޭ، މީކާގެ ހުށަހެޅުންތަކާ އެކު އެވެ. މީކާގެ އިތުރުން ދިވެހި ޒުވާން އެހެން ބައެއް ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެން ދާނެ އެވެ.

ދިރާގުން ސްޕީޑްބޯޓު ދޭ ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ހޯދުމުގެ ވަގުތު މިހާރު ހަމަވެފައި ވިޔަސް، ޕްރޮމޯޝަންގައި ދޭ ދެ ވަނަ ލޯންޗު ހޯދުމަށް އަންނަ މާޗް މަހުގެ ނިޔަލަށް އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

މި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.