ކ.ގަމަރުގިރި ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވުމުން އެ ހިސާބުގެ ރިސޯޓެއްގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ކުރި މަަސައްކަތުން އެ އަލިފާންގަނޑު ނިއްވާލައިފި އެވެ.

ފުލުހުން ބުނީ އަލިފާން ރޯވި އިރު އެ ދޯނީގައި ތިބީ ތިން މީހުން ކަމަށާއި އެއީ އޭގެ ކެޕްޓަނަކަށް ހުރި ދިވެއްސަކާއި ފަޅުވެރިންގެ ގޮތުގައި ތިބި ދެ ބިދޭސީން ކަމަށެެވެ. އަލިފާނުގެ ހާދިސާގައި އޭގެ ތެރެއިން އެކަކަށް ވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިރޭ އިރާކޮޅު، 7:10 އެހާކަށް ހާއިރު އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ދޯންޏަކީ ކުނިބަރުކޮށްގެން ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ.