03 އެޕްރީލް 2017 - 17:44

ރެޑްވޭވުން ފައިސާގެ އިނާމާއެކު، މި އަހަރުގެ ރޯދަމަހަށް ވެސް ހާއްސަ ސޭލްއެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް އަދި ހޯސޭލްކޮށް ވިޔަފާރިކުރާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހު ފެށި ސޭލް ރޯދަމަސް ނިމެންދެން ކުރިއަށް ގެންދާނެ ކަމަށެވެ.
މި ފަހަރުގެ ސޭލްގައި ފައިސާގެ އިނާމްގެ ގޮތުގައި 300،000ރ. ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެއްވަނަ އަށް ހޮވޭ މީހަކަށް 100،000ރ. އަދި ދެވަނަ އަށް ހޮވޭ މީހަކަށް 50،000ރ. އަދި ތިންވަނަ އަށް ހޮވޭ މީހަކަށް 10،000ރ. ދިނުމަށް ރެޑްވޭވުން ވަނީ ނިންމައިފަ އެވެ. އަދި އިތުރު ހަތް މީހަކަށް 5،000ރ. ދޭނެ އެވެ.
"އަޅުގަނޑުމެން އިނާމް ދޭން ބޭނުން ވަނީ ކަސްޓަމަރުން ބޭނުންވާ ގޮތަށް. ފައިސާ ދިނުމުން ކަސްޓަމަރުން ބޭނުން އެއްޗެއް ގަނެ ނުވަތަ ބޭނުން ތަނަކަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ،" ރެޑްވޭވްގެ އޮފިޝަލަކު ބުންޏެވެ.
ރެޑްވޭވް ރޯދަ ސޭލްގައި، އެ ކުންފުނިން ވިއްކާ ދޮންނަ މެޝިނާއި އައިސް އަލަމާރި އަދި ބަދިގޭގެ ސާމާނުން 10 ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.
ބަދިގޭގެ ސާމާނާއި ކާބޯތަކެއްޗާއި ކަރަންޓުގެ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުނިން މާލެ އާއި ހުޅުމާލޭގައި ހަ ފިހާރައެއް ހިންގަ އެވެ.