ބިބް ނަމްބަރު ސާޗުކޮށްގެން ފަންރަންގެ ފޮޓޯތައް!
ބިބް ނަމްބަރު ސާޗުކޮށްގެން ފަންރަންގެ ފޮޓޯތައް!

މި މަހު އުރީދޫން ބޭއްވި ފަން ރަންގައި މި އަހަރު ބައިވެރިވި މީހުންގެ ފޮޓޯތައް ފަންރަންއަށް ހާއްސަކޮށްފައިވާ ވެބްސައިޓުން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ funrun.ooredoo.mv ވެބްސައިޓުން އެ މީހެއްގެ ބިބް ނަމްބަރު ސާޗުކުރުމުން އެ ފަރާތެއްގެ ފޮޓޯތައް ޑައުންލޯޑުކުރަން ލިބެން ހުންނާނެ ކަމަށެވެ. ބޭނުމަކީ ދުވުންތެރިންނަށް ފަން ރަންގެ ހަނދާންތައް އާކޮށް، ފޮޓޯތައް ޑައުންލޯޑްކޮށް، އެ ދުވުމުގެ އުފާ ހިއްސާކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އުރީދޫން ބުންޏެވެ.

މި އަހަރު އުރީދޫން ބޭއްވި ފަންރަން އަކީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވި ފަންރަން ހަރަކާތެކެވެ. ހަތް ހާހަށް ވުރެ ގިނަ ދުވުންތެރިންނާ އެކު އޮތް އެ ހަރަކާތުގައި ފޯމް ޕާޓީ އާއި އޮބްސްޓެކަލްތައް ހުރަސް ކުރުމާއި ކުލަޖެހުމުގެ ހަރަކާތްތައް ވެސް އޮތެވެ.

އެ ހަރަކާތުގައި އެކި އުމުރުގެ މީހުން ބައިވެރިވި އެވެ. އަދި އެ ދުވުމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު އެކި ފަރާތްތަކަށް އަގުހުރި އިނާމުތައް ވެސް ދިނެވެ.

އުރީދޫ ފަން ރަން އަކީ ދުޅަހެޔޮކަން އިތުރުކުރުމަށް، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދީ، އާއިލާ އާއި ރަހުމަތްތެރިންނާއި އެކު މަޖާ މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވަމުން އަންނަ ދުވުމެކެވެ. މި ދުވުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިހާރު އަންނަނީ ބާއްވަމުންނެވެ.