ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓު ހޯދަން ބާކީ 3 ދުވަސް!
ދިރާގުން ދޭ ފުރަތަމަ ސްޕީޑް ބޯޓު ހޯދަން ބާކީ 3 ދުވަސް!

ދިރާގުން މިހާރު ކުރިއަށް ގެންދާ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގެ ދަށުން ދޭ ފުރަތަމަ ސްޕީޑްބޯޓު ހޯދަން އެންރޯލްކުރުމުގެ ފުރުސަތު ތިން ދުވަހުގެ ތެރޭގައި ހަމަވާނެ އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުން ކުރަމުން އަންނަ ކަސްޓަމަރުންނާއި ދިރާގުގެ ހިދުމަތްތަކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމް އިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.

އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނަށް ދިރާގުޕޭއަށް ރަޖިސްޓްރީކޮށްގެން ބައިވެރިވާ ކަސްޓަމަރުންނަށް ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެ އެވެ.

'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާ ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ބޯޓުތަކަކީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް އަޅާފައިވާ ބޯޓުތަކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާން ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލް އިން އެންރޯލް ކުރެވޭނެ އެވެ.