ސަފާރީއެއްގައި އަލިފާން ރޯވެ، އަނދަނީ
ސަފާރީއެއްގައި އަލިފާން ރޯވެ، އަނދަނީ

ވ. އަތޮޅުގައި އޮތް ސަފަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ރޯވެފައި ވަނީ "ޔަސްވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި އެވެ.

އެމްއެންޑިއެފުން ބުނީ އެ ސަފާރީގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:48ގައި ކަމަށެވެ.

އެ ހާދިސާ ހިނގިއިރު އޭގައި ތިބީ ކިތައް މީހުން ކަމެއް އަދި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ. އަލިފާން ހިނގަން މެދުވެރި ސަބަބެއް އަދި އަލިފާން ކޮންޓްރޯލްވިކަމެއް ވެސް އަދި ސާފެއް ނޫނެވެ.

އެމްއެންޑިއެފުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފަ އެވެ.