އެމްއެޗްއޭގައި ހާގެން-ޑާޒް އައިސްކްރީމްގެ ޕްރޮމޯޝަނެއް
އެމްއެޗްއޭގައި ހާގެން-ޑާޒް އައިސްކްރީމްގެ ޕްރޮމޯޝަނެއް

އެމްއެޗްއޭގައި ވިއްކާ ޕްރިމިއަމް އައިސްކްރީމް ބްރޭންޑެއް ކަމަށްވާ ހާގެން-ޑާޒްގެ އައިސްކްރީމްތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަންގައި އެ ބްރޭންޑުގެ އައިސްކްރީމް ޓަބްތަކާއި އައިސް ކްރީމް ސްޓިކްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން 50ރ. އަށް ވިއްކަމުން ދިޔަ ފްލޭވާތަކުގެ އައިސްކްރީމް 20ރ. އަށް އަދި 45ރ. އަށް ވިއްކަމުން ދިޔަ އައިސްކްރީމް ސްޓިކް 20ރ. އަށް އަދި 150ރ. އަށް ވިއްކަމުން ދިޔަ ޓަބްތައް 75ރ. އަށް ލިބޭނެ އެވެ.

އެމްއެޗްއޭއިން ބުނީ ހާގެން-ޑާޒް ފަދަ ޕްރިމިއަމް ބްރޭންޑަކީ އާއްމުކޮށް އެހާ ހެޔޮ އަގުތަކެއްގައި ލިބެން ނުހުންނާނެ ބްރޭންޑެއް ކަމަށެވެ. އަދި އެއީ އެ ބްރޭންޑުގެ ގިނަ އަދަދެއްގެ ތަފާތު ފްލޭވާތައް އެމްއެޗްއޭގައި ހުރިއިރު، އެއީ އެ ބްރޭންޑުގެ އެކި ފްލޭވާތައް ތަޖުރިބާކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ބުންޏެވެ.

އެމްއެޗްއޭގައި ވިއްކާ ހާގެން-ޑާޒްގެ މަގުބޫލު ބައެއް އައިސްކްރީމް ފްލޭވާތަކުގެ ތެރޭގައި ސަމާ ބެރީޒް އެންޑް ކްރީމާއި މެންގީ އެންޑް ރާސްބެރީ އާއި ވެނީލާ ކެރަމެލް އާމަންޑާއި ސޯލްޓަޑް ކެރަމެލް އައި ސްޓްރޯބެރީ ޗީޒްކޭކާއި ކުކީސް އެންޑް ކްރީމާއި މަޗާ ގްރީން ޓީ އައިސްކްރީމް ފަދަ އެކި ފްލޭވާތައް ހިމެނެ އެވެ.

އެމްއެޗްއޭގެ ރީޓެއިލް ކަސްޓަމަރުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަން އެމްއެޗްއޭ ފިހާރަތަކުގެ ހާގެންޑާޒް އައިސްކްރީމްގެ ސްޓޮކް ހުސްވަންދެން ކުރިއަށް ދާނެ އެވެ.

އެމްއެޗްއޭއަކީ ދިވެހިންގެ މެދުގައި މަގުބޫލު އެކި ބްރޭންޑުތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ކުންފުންޏެކެވެ. އެ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އެމްއެޗްއޭގެ ހުރިހާ ފިހާރައެއްގައި ކުރިއަށް ދާނެ އެވެ. އެމްއެޗްއޭގެ ފިހާރަތައް މާލޭގެ އޯކިޑްމަގާއި ފަރީދީމަގާއި މަޖީދީމަގުގައި ހުރެ އެވެ.

އޭގެ އިތުރުން ހުޅުމާލޭގެ ނިރޮޅުމަގާއި ރެއިން ކްރެސްޓް ރެޒިޑެންސްގައި އެމްއެޗްއޭގެ ފިހާރަ ހުރެ އެވެ.