ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ ފޭސް 1ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ މި ފަހުން ދިމާވީ ސަބްސްޓޭޝަނަށް ގެއްލުން ލިބުމުގެ ސަބަބުންނެވެ.