މިއީ އުމްރާ ދަތުރަށް ނަގަންވީ "ތަކާފުލް" ޕްލޭން
މިއީ އުމްރާ ދަތުރަށް ނަގަންވީ "ތަކާފުލް" ޕްލޭން

ސްކޫލް ބަންދާ އެކު ގިނަ ބައެއް އުމްރާގެ އަޅުކަމަށް ފުރުމުގެ ތައްޔާރީތައް ވަނީ ފަށައިފަ އެވެ. އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިގު ދަތުރަކަށް ދާއިރު ދަތުރުމަތީގައި ކުރިމަތިވެދާނެ ކަންތައްތަކަށް ތައްޔާރުވެ ހުރުން މުހިންމެވެ. ހާއްސަކޮށް ކުއްލި ބޮޑު ބަލިމަޑުކަމެއް ދިމާވެ އަތުން ބޮޑު ހޭދައެއް ހިނގައިދާނެ ފަދަ ކަންތައްތަކަށް ރަނގަޅު އިސްލާމިކް އިޝުއަރެންސް ނުވަތަ ތަކާފުލް ޕްލޭނެއް ހޯދުމަކީ ބުއްދިވެރިކަމެކެވެ.

އެލައިޑް ތަކަފުލުން ވަނީ ހައްޖާއި އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް ކުރިމަތިވެދާނެ އެކި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެ ޕްލޭނެއް ތައާރަފުކޮށްފަ އެވެ. އެ ޕްލޭނަކީ ކުރިމަތިވެދާނެ އެކި ކުއްލި ހާލަތްތަކުގައި ބޭނުންވާ މާލީ ބަދަލު ހޯދައިދޭނެ ޕްލޭނެކެވެ. އެ ޕްލޭނުން ހައްޖާޖީންނާއި އުމްރާވެރިންނަށް އާންމުކޮށް ކުރިމަތިވާ އެކި މައްސަލަތަކަށް ކަވަރޭޖް ލިބޭނެ އެވެ.

މި ޕްލޭންގެ ދަށުން ކަވަރޭޖް ލިބޭ ކަންކަން:

- އުމްރާ ނުވަތަ ހައްޖުގެ އަޅުކަމުގައި އުޅެނިކޮށް ދިމާވާ ކަމެއްގެ ސަބަބުން ޖިސްމާނީ ގޮތުން މީހާ އެއްކޮށް ނުކުޅެދުންތެރިވުން

- ސިއްހީ ކުއްލި އެމަޖެންސީތައް

- ލަގެޖު ގެއްލުން

- ލަގެޖު ލިބުން ލަސްވުން

- ޕާސްޕޯޓު ގެއްލުން

- ފައިސާ އާއި އަގުހުރި މުދާ ގެއްލުން

މި ޕްލޭން ހަމައެކަނި އުމްރާގެ އަޅުކަމަށް ނަގާނަމަ ދައްކަން ޖެހޭނީ 300ރ. އެވެ. އަދި ހައްޖާއި އުމްރާގެ އަޅުކަމަށް އެއްކޮށް ކަވަރޭޖް ހޯދުމަށް ދައްކަން ޖެހޭނީ 300ރ. އެވެ. ހައްޖު ނުވަތަ އުމްރާގެ އަޅުކަމަށް ފުރާ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ ނިޔަލަށް މި ޕްލޭނުގެ ކަވަރޭޖް ލިބޭނެ އެވެ.

މި ޕްލޭން ނެގުމަށް އެޕްލިކޭޝަން ފޯމު ހުށައަޅަން ޖެހޭނެ އެވެ. އަދި ޕާސްޕޯޓުގެ ކޮޕީ ނުވަތަ އައިޑީ ކާޑު ހުށައަޅަން ޖެހޭނެ އެވެ. އަދި އޮންލައިންކޮށް މި ޕްލޭން "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް ނެގޭނެ އެވެ. އަދި އިތުރު މައުލޫމާތު 1600 އިން ލިބޭނެ އެވެ.

ނޯޓު: މިއީ އެލައިޑް އިންޝުއަރެންސްގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.