22 ޑިސެމްބަރ 2025 - 12:04

ސްޓެލްކޯ އިން ދޭ ހިދުމަތް ރަނގަޅު ކުރަން ރައްޔިތުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.
އެ ކުންފުނިން ވަނީ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމު މެދުވެރިކޮށް، ހިޔާލު ދޭން އެދިފަ އެވެ.
ސްޓެލްކޯގެ ހިދުމަތާ މެދު ހިޔާލުދޭން ބޭނުންވާ މީހުންނަށް ހާއްސަ ފޯމަކުން އެކަން ކުރެވޭނެ އެެވެ.
އެ ފޯމުގައި ސްޓެލްކޯ އިން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ނަމަ ފާހަގަކުރެވޭ ކަންކަމާއި އެ ކުންފުނިން ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއްވާ ނަމަ ވެސް ހިއްސާ ކުރަން ވަނީ އެދިފަ އެވެ.
އެ ކުންފުނީގެ އަމާޒަކީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމެވެ.