21 ޑިސެމްބަރ 2025 - 14:36

ކުޑަކުދިން ކުޅެން ގެންގުޅޭ ބެއާއެއްގެ ތެރޭގައި ފޮރުވައިގެން ތ. ވަންދުއަށް ޑްރަގު އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މުހައްމަދު ނަވާޒު 25، ކަމަށެވެ. ތ. ހިރިލަންދުއަށް ނިސްބަތްވާ، އޭނާ ހައްޔަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަންދޫ ބަނދަރު މަތިން ކަމަށް ފުލުހުން ބުންޏެވެެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ނަވާޒު ބަލައި ފާސްކޮށްފައިވެ އެވެ. އަދި އޭނާގެ އަތުގައި އޮތް ބެއާއެއް ބެލިއިރު ފަހާފައި ހުރި ކަމަށް ބެލިބެލެވިގެން އިތުރަށް ބަލާފައިވާ ކަމަށާއި އޭގެ ތެރެއިން މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި ނަވާޒަކީ ފުލުހެއް ކަމަށްވާތީ އޭނާ ހައްޔަރުކުރުމާ އެކު ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑްކޮށް، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އެ އިދާރާ އިން ބުންޏެވެ.