20 ޑިސެމްބަރ 2025 - 08:54

ފާހަނާތަކަށް ބޭނުންވާ އެކި ބާތުވެއާގެ އުފެއްދުންތަކަށް ހާއްސަ ސެކްޝަނެއް ސޮނީ ހޯމްއިން ތައާރަފުކޮށްފި އެވެ.
މަޖީދީ މަގުގައި ހުންނަ ސޮނީ ހޯމްގައި އަލަށް ތައާރަފު ކުރި މި ސެކްޝަނުގައި އެންމެ ފަހުގެ ޒަމާނީ, ސްޓައިލިޝް, ޕްރިމިއަމް ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ.
އޭގެ ތެރޭގައި އެކި ވައްތަރުގެ މޮޑާން އަދި ކްލެސިކް ޑިޒައިންތަކުގެ ޕޯސަލިން އާއި ސެރެމިކް ޓައިލްސްތަކުގެ އިތުރުން ފާހަނަ އިތުރަށް ޒީނަތްތެރި ކޮށްދޭނެ ތަފާތު އެކި ވައްތަރުތަކުގެ އިސްކުރާއި ސިންކު އަދި ބާތުޓަބް ފަދަ އެކި ޕްރޮޑަކްޓުތައް ލިބެން ހުރެ އެވެ.
ސޮނީ ހޯމް އިން ބުނީ އެ ތަނުން ވިއްކާ ޕްރޮޑަކްޓުތަކަކީ ގިނަ މުއްދަތަކަށް ބޭނުން ކުރެވޭނެ އަދި ފެންވަރު ރަނގަޅު މޮޅު އުފެއްދުންތައް ކަމަށެވެ. އެ ތަނުން ވިއްކާ ދުނިޔޭގެ ނަން މަޝްހޫރު ބާތުވެއާ ބްރޭންޑުތައް ކަމަށްވާ ހާންސްގްރޯ, ރޮކާ, ގެބްރެޓް އަދި އެމްއެމްއެލް ފަދަ އެކި ބްރޭންޑުތަކުގެ އޮތެންޓިކް ޕްރޮޑަކްޓުތައް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ސޮނީ ހޯމްއިން ބުނި ގޮތުގައި، އެއީ ފާހަނާ މަރާމާތު ކުރަން ބޭނުންވާ އެކި ސާމާނުތަކާއި އަލަށް އިމާރަތްކުރާ ތަންތަނުގައި އެންމެ ޒަމާނީ ފާހަނާތައް ޑިޒައިން ކުރުމަށް ބޭނުންވާނެ ގިނަ ތަކެތި އެއް ތަނަކުން ލިބެން ހުންނާނެ ޝޯރޫމެއް ކަމަށެވެ. އަދި ކޮންމެ ޕްރޮޖެކްޓަކަށް ވެސް ބޭނުންވާނެ އެންމެ ރަނގަޅު އުފެއްދުންތައް ހިޔާރުކުރުމަށް އެ ޝޯރޫމުގައި ތިބޭ މުވައްޒަފުންގެ އެހީތެރިކަން ލިބޭނެކަން ވެސް ފާހަގަކުރި އެވެ.
ސޮނީ ހޯމްގެ މި ޝޯރޫމްގައި އެކި ބަޖެޓުތަކުގެ ޕްރޮޖެކްޓުތަކަށް ގަނެވޭނެ އެކި އަގުތަކުގެ ޕްރޮޑަކްޓުތައް ހުންނާނެ އެވެ.
ސޮނީ ހޯމް އަކީ ގޭތެރެ އާއި ބަދިގެ އަށް ހާއްސަ ގިނަ އުފެއްދުންތަކެއް ވިއްކާ ތަނެކެވެ.