މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ
މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން އޮސްޓްރޭލިއާގެ މެލްބަން އަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ގައުމީ އެއާލައިނުން ބުނީ، އެ އެއާލައިން މެދުވެރިކޮށް އޮސްޓްރޭލިއާއަށް ދަތުރުތައް ފަށަނީ އެ ގައުމުގެ ޓްރެވަލް ކުންފުނި، ލަގްޒަރީ އެސްކޭޕާ ގުޅިގެން ކަމަށެވެ.

މިވަގުތު އޮސްޓްރޭލިއާ އާއި މޯލްޑިވިއަން އިން ކުރަމުން އަންނަނީ ޓްރާންސިޓް ދަތުރުތަކެވެ. މޯލްޑިވިއަން އިން ސީދާ ދަތުރުތައް ފެށުމުން، މިކަން ވާނީ ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތަކުގެ ފާހަގަކޮށްލެވޭ ކުރިއެރުމަކަށެވެ.

މޯލްޑިވިއަން އިން މެލްބަން އަށް ދަތުރުތައް ފަށަން ރާވާފައިވަނީ އަންނަ އަހަރުގެ މެއި 17 އިން ފެށިގެންނެވެ. އެއީ އޮސްޓްރޭލިއާއިން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އަންނަ އެއް ދުވަސްވަރެވެ. އެ އެއާލައިން އިން ބުނީ، އާ ދަތުރުތަކާ އެކު މޯލްޑިވިއަން އިން ދަތުރުކުރާ ފަސިންޖަރުންނަށް ޑޮމެސްޓިކް އެހެން ދަތުރުތައް ކުރުމަށް ވެސް ފަސޭހަވެގެންދާނެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިލްޔާސް ވިދާޅުވީ، އޮސްޓްރޭލިއާ އަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި މުހިއްމު މަންޒިލެއް ކަމަށެވެ.

އޮސްޓްރޭލިއާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދިހަ ގައުމުގެ ތެރޭގައި ވެސް ހިމެނޭ ގައުމެކެވެ. މިއަހަރުގެ މިހާތަނަށް އެގައުމުން ވަނީ 40،000 ޓޫރިސްޓުން އައިސްފަ އެވެ.