މީހުންގެ ހަށިގަނޑުގެ ބައިތައް ވިއްކި މައްސަލައެއްގައި ހާވަޑް ޔުނިވަސިޓީގެ ކުރީގެ މޯގު މެނޭޖަރު ޖަލަށް
މީހުންގެ ހަށިގަނޑުގެ ބައިތައް ވިއްކި މައްސަލައެއްގައި ހާވަޑް ޔުނިވަސިޓީގެ ކުރީގެ މޯގު މެނޭޖަރު ޖަލަށް

މަޝްހޫރު ހާވަޑް މެޑިކަލް ސްކޫލަށް ސައިންޓިފިކް ދިރާސާގެ ބޭނުމަށް ހަދިޔާކޮށްފައި ހުރި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ވިއްކި މައްސަލައެއްގައި އެތަނުގެ ކުރީގެ މޯގު މެނޭޖަރު އަށް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ސެޑްރިކް ލޮޖް، 58، ވަނީ 2018 އިން 2020 މާޗް މަހުގެ ނިޔަލަށް، ސިކުނޑި، ހަން، އަތް، މޫނު އަދި ބޯ ވެސް ވިއްކާފައިވާ ކަމަށް އެއްބަސްވެފަ އެވެ.

މި މައްސަލައިގައި އޭނާގެ ވަނީ 2023 މެއި މަހު ހާވަޑް ޔުނިވަސިޓީގެ މަގާމުން ވަކިކޮށްފަ އެވެ.

ތަހުގީގު ޓީމުން ބުނި ގޮތުގައި ލޮޖް އާއި އޭނާގެ އަންހެނުން ޑެނިސް ވަނީ "މަސައްކަތްދޭ ފަރާތުގެ އަދި ހަދިޔާކުރި ފަރާތުގެ އާއިލާގެ އެނގުމާއި އިޒުނައެއް ނެތި" ހަށިގަނޑުގެ ބައިތައް ގެޔަށް ގެންގޮސް ވިއްކައިފަ އެވެ.

މި މައްސަލައިގައި ވަނީ ޑެނިސްގެ 65 އަހަރުގެ އަނބިމީހާއަށް ވެސް ވެސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ލޮޖް ވިއްކި ހަށިގަނޑުގެ ބައިތައް ގަތް މީހުން ބޮޑު އަގުގައި ވަނީ އެހެން މީހުންނަށް އެ ބައިތައް ވިއްކައިފަ އެވެ.

އެ ބައިތައް ގަތް ބައެއް މީހުންނަށް ވެސް ވަނީ ޖަލު ހުކުމް މީގެ ކުރިން އިއްވައިފަ އެވެ. އަދި ބައެއް މީހުންނަށް ވަނީ ހުކުމް އިއްވަން ތައްޔާރުވެފަ އެވެ.