02 އެޕްރީލް 2017 - 17:56

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އިތުރު 10 ޕަސެންޓް ސަރުކާރުން މިއަދު ގަނެފި އެވެ.
ކުރިން ސަރުކާރުގެ 15 ޕަސެންޓް ހިއްސާވާ ބޭންކުގެ އިތުރު 10 ޕަސެންޓް ހިއްސާ ގަތުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އެމްއައިބީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަރީސް ހާރޫން އެވެ.
ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކްގެ އިތުރު 10 ޕަސެންޓް ހިއްސާ ސަރުކާރުން ގަތީ ކޮން އަގެއްގައި ކަމެއް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
އެ ބޭންކުގެ ހިއްސާ މިހާރު ބެހިފައި ވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އައިސީޑީގެ 70 ޕަސެންޓް އަދި އަމާނާތަކަފުލްގެ ފަސް ޕަސެންޓް ހިމެނޭ ގޮތަށެވެ. އަމާނާތަކަފުލް އިން އެމްއައިބީގެ ފަސް ޕަސެންޓް ހިއްސާ ގަނެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
އާއްމުކޮށް ހިއްސާ ނުވިއްކާ އެމްއައިބީ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކު 2010ގަ އެވެ.