02 އެޕްރީލް 2017 - 15:48

ބޮގޯޓާ (އެޕްރީލް 2) - ކޮލަމްބިއާގައި ބިންގަނޑު ފޭބުމުގެ ސަބަބުން 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ކޮލަމްބިއާގެ ހުޅަނގު ދެކުނުގެ މޮކޯއާގައި ހިނގި މި ހާދިސާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ދަނީ 1،100 އަށް ވުރެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންނެވެ. ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ބިންގަނޑު ފޭބުމުގެ ހާދިސާގައި 400 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ 200 އަށް ވުރެ ގިނަ މީހުން ޕުޓުމަޔޯ ޕްރޮވިންސުން އެކަނިވެސް ގެއްލިފައިވާ ކަމަށެވެ.
ބިންގަނޑު ފޭބި ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު ރައީސް ހުއާން މެނުއަލް ސަންތޯސް މިހާރު ވަނީ އިއުުލާން ކުރައްވައިފަ އެވެ. އަދި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ބައްލަވާލެއްވުމަށް އޭނާ ވަނީ ވަޑައިގެންފަ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ކޮލަމްބިއާ ސިފައިން ދަނީ ބޭހާއި ފެން ފޯރުކޮށްދެމުންނެވެ.