ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ދައުވާކުރުމުން އަނބުރާ ދީފި
ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ދައުވާކުރުމުން އަނބުރާ ދީފި

ތަހުގީގެއްގެ ބޭނުމަށް ފުލުހުން ހިފެހެއްޓި ފޯނެއް ނުލިބިގެން ދައުވާ ކުރުމުން އެ ފޯނު އޭގެ ވެރިފާތަށް ފުލުހުން ހަވާލުކޮށްފި އެވެ.

ތަހުގީގު ބޭނުމަކަށް ކަމަށް ބުނެ ފުލުހުން އެ މީހާގެ ފޯނު ހިފަހައްޓާފައިވަނީ މިދިޔަ އޮކްޓޯބަ 21 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށެވެ.

އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް ފޯނު އޭގެ ވެރިފަރާތާ ފުލުހުން ހަވާލެއް ނުކުރެ އެވެ. އަދި މުއްދަތު ވެސް އިތުރު ކޮށްފައެއް ނުވެ އެވެ.

އެހެންވެ، މުދާ ހޯދުމުގެ އަމުރަކަށް މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފޯނުގެ ވެރިފަރާތުން އެދުމުން އެ އަމުރާ އެގޮތަށް އެދުނު ދުވަހު ފުލުހުން ވަނީ ފޯނު އަނބުރާ ހަވާލުކޮށްފަ އެވެ.

އެހެންވެ، އަމުރަށް އެދުނު މައްސަލަ ބާތިލް ކޮށްދޭން ހުށަހެޅި ފަރާތުން އެދިފައިވާތީ ކޯޓުން އެ މައްސަލަ މިހާރު ވަނީ ބޭރުކޮށްލައިފަ އެވެ.