11 ޑިސެމްބަރ 2025 - 13:35

ގައުމީ ފުޓްސަލް ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ފުޓްސަލް ލީގެއް ނެތުންކަމަށް، ކޯޗު ފާރޫކް ޒަކިރޯވް ބުނެފި އެވެ.
އަންނަ މަހު ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމަށް އިރުޝާދު ދޭނީ އުޒުބެކިސްތާނުގެ އަންހެން ފުޓްސަލް ޓީމުގެ ކޯޗު ޒަކިރޯވް އެވެ.
މި ހަފުތާގައި އޭނާ ރާއްޖެ އައިސް މިހާރު ވަނީ ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.
އޭނާ ބުނީ ރާއްޖޭގެ ޓީމުގެ ފެންވަރު މަތިކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެކަމަކު ވެސް ކުރު މުއްދަތެއްގެ ތެރޭގައި ވެސް އެންމެ ރަނގަޅަށް ޓީމު ތައްޔާރުކޮށް ވަރުގަދަ އަށް މުބާރާތަށް ތައްޔާރުވުމަކީ އޭނާގެ އެންމެ ބޮޑު ޓާގެޓްކަމަށް ބުންޏެވެ.
ގައުމީ ޓީމުގެ ތަމްރީނުތައް އޭނާގެ ބެލުމުގެދަށުން ކުރިއަށްދަނީ މިވަގުތު 25 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އަދި މުބާރާތް ކައިރިވުމުން 14 ކުޅުންތެރިންނަށް ސްކޮޑްގެ އަދަދު ދަށް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
"ފުޓްސަލްއަކީ މުޅިން ތަފާތު މަސައްކަތެއް،" ޕީއެއެސްއެމަށް ދން އިންޓަވިއުގައި ޒަކިރޯވް ބުންޏެވެ.
ފުޓްސަލްއަކީ އިންޑޯ ގޭމެކެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް ކުރިއަށްގެންދަނީ ހުޅުމާލޭ ރެހެންދި ސްކޫލާ ޖެހިގެން އޮންނަ މިނިޓީ ޓާފް ދަނޑުގަ އެވެ. ޒަކިރޯވް ބުނީ އެއްމަސްދުވަހު އެތަނުގައި ޕްރެކްޓިސް ކުރުމަށް ފަހު މުބާރާތް ފެށުމުގެ ކުރިން 10 ނުވަތަ 14 ދުވަހަށް އިންޑޯގައި ތަމްރީނުތައް ހަދަން އެކަމަކު ޗައިނާ އަށް ދިއުމަށް މަސައްކަތް ކުރާ ކަމަށެވެ.
ފުޓްސަލްގެ މަގުބޫލުކަން ބޮޑުވެފައިވާއިރު ވެސް ފުޓްސަލްގެ އިންޑޯއެއް ރާއްޖޭގައި ނެތެވެ.
"ހުރިހާ ކުޅުންތެރިންގެ ކުރިއެރުމަށް އަހަރެމެން މިވަނީ މަސައްކަތް ކުރަން ޖެހިފަ. ސަބަބަކީ ރާއްޖޭގައި ނެތް ފުޓްސަލް ލީގެއް ވެސް،" ފުޓްސަލްގެ އަންހެން އޭޝިއަން ކަޕަށް އުޒްބެކިސްތާން ކޮލިފައިކޮށްދިން ޒަކިރޯވް ބުންޏެވެ.
"މި ކުޅުންތެރިންނަށް ބޭނުންވޭ ގިނަ ތަޖުރިބާތަކެއް ބޭރުގެ ގައުމީ ޓީމުތަކާ ކުޅެންޖެހޭއިރު."
އޭނާ ބުނީ ސާފް ފުޓްސަލް މުބާރަތަކީ ރާއްޖޭގައި ފުޓްސަލްގެ ކުރިމަގަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.
"ސާފް މުބާރާތަކީ ރަނގަޅު މުބާރާތެއް ރަނގަޅު ނަތީޖާތެއް ނެރެން. އޭރުން އެކަންވާނެ ރާއްޖޭގެ ކުރިމަގުގެ ޓީމުތަކަށް (ވަރަށް ބޮޑު) ކަމަކަށް [އިތުބާރަކަށް]،" އޭނާ ބުންޏެވެ.
ޒަކިރޯވަކީ އުޒުބެކިސްތާނުގެ ފުޓްސަލް ލީގުގެ ކްލަބް، ނެފްޗީގައި ވެސް މަސައްކަތް ކުރަމުން އަންނަ ތަޖުރިބާކާރެކެވެ. އެފްއޭއެމުން ބުނީ ރާއްޖޭގެ މަސައްކަތަށް އޭނާ ވީއްލާނީ ނެފްޗީ އާއި އެ އެސޯސިއޭޝަނާ ދެމެދު އެއްބަސްވެގެން ކަމަށެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް މުބާރާތް ތައިލެންޑްގައި ކުރިއަށްދާނީ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ވެސް އެކުއެކީގަ އެވެ. އެފްއޭއެމުން ބުނީ ގައުމީ އަންހެން ފުޓްސަލް ޓީމު ވެސް މުބާރާތަށް ތައްޔާރުކުރުމުގައި ދިވެހި ކޯޗުންނަށް ޒަކިރޯވް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އޭނާގެ ރަސްމީ މަގާމު އަދާކުރަނީ ފިރިހެން ފުޓްސަލް ޓީމުގަ އެވެ. މުބާރާތް ޖެނުއަރީ 12 ގައި ފަށާނީ ރާއްޖެ އާއި އިންޑިއާގެ އަންހެން ޓީމުގެ މެޗުންނެވެ.